logo
ޚަބަރު

ވޭޕް އަދި އީ-ސިނގިރޭޓް މަނާ ކޮށްދިނުމަށް ގޮވާލައިފި

އާމިނަތު ޝަފާ
2 އޮކްޓޯބަރު 2024 - 09:56
ވޭޕް އަދި އީ-ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުމާއި ، ވިޔަފާރިކުރުމާއި އަދި އެތަކެތި ގެންގުޅުން މަނާކުރުމަށް ވަނީ ގޮވާލާފައި// ފޮޓޯ: ޕީއެސްއެމް
ވޭޕް އަދި އީ-ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުމާއި ، ވިޔަފާރިކުރުމާއި އަދި އެތަކެތި ގެންގުޅުން މަނާކުރުމަށް ވަނީ ގޮވާލާފައި// ފޮޓޯ: ޕީއެސްއެމް

ވޭޕް އަދި އީ-ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުމާއި ، ވިޔަފާރިކުރުމާއި އަދި އެތަކެތި ގެންގުޅުން މަނާކުރުމަށް 21 ގައުމީ ކުޅިވަރު ޖަމިއްޔާއަކުން ކުޅިވަރާ ބެހޭ ވުޒާރާއަށް ގޮވާލައިފިއެވެ.

ގައުމީ ކުޅިވަރު ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ވަނީ ދިވެހި ކުޅުންތެރިންނާއި ތަމްރީނުދޭ ފަރާތްތަކުގެ މެދުގައި ވޭޕް އަދި އީ-ސިނގިރޭޓް އާއްމުވަމުންދާކަމުގެ ކަންބޮޑުވުން ފާހަގަކޮށް މިކަމުގެ ސަބަބުން ކުޅުންތެރިންގެ ފުއްޕާމެއަށް ދިމާވާ ސިއްހީ އެކިއެކި މައްސަލަތަކާއި ނޭދެވޭ އަސަރުތަކުގެ ސަބަބުން ޕަރފޯމަންސް ދަށްވެ ، ކުރިއެރުމަށް ހުރަސްއެޅި، ކުޅިވަރާ ދުރަށްދާކަން ފާހަގަވެފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމަކީ ރާއްޖޭގެ ކުޅިވަރު ޕްރޮމޮޓުކުރުމަށް ސަރުކާރާއި މަދަނީ ފަރާތްތަކުން ކުރާ މަސައްކަތައް ހުރި ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކޮށް މިކަން ވެފައިވަނީ ބައިނަލްއަގްވާމީ މައިދާނުގައި ރަންވަނަތައް ހާސިލުކުރުމަށް އެޅިފައިވާ ހުރަހެއްގެ ގޮތުގައި ގައުމީ ކުޅިވަރު ޖަމިއްޔާތަކުން ވަނީ ފާހަގަކޮށްފައެވެ.

ވުމާއެކު މިކަމަކީ ގައުމީ ހައްސާސް މައްސަލައެއްގެ ގޮތުގައި ބަލައިިގަނެ ވޭޕް އަދި އީ-ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުމާއި ، ވިޔަފާރިކުރުމާއި އަދި އެތަކެތި ގެންގުޅުން މަނާކޮށްދިނުމަށް ގައުމީ ކުޅިވަރު ޖަމިއްޔާތަކުންވަނީ ކުޅިވަރާ ބެހޭ ވުޒާރާއަށް ގޮވާލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޭޕްގެ ޖޫރިމަނާ އިން ދައުލަތަށް ލައްކައަކަށްވުރެ ގިނަ ރުފިޔާޚަބަރު | 7 މަސް ކުރިންވޭޕް ބޭނުންކުރި 12 މީހަކު މިދިޔަ މަހު ޖޫރިމަނާ ކޮށްފިޚަބަރު | 7 މަސް ކުރިންހަތަރު ރަށަށްވުރެ ގިނަ ރަށްރަށުގައި ސިންތެޓިކް އެޅުމުގެ އަމާޒު އެބައޮތް: ވަޒީރު ރާފިއު ޚަބަރު | 9 މަސް ކުރިންބޮޑީ ބިލްޑިން މުބާރާތާ ގުޅިގެން މައާފަށް އެދިއްޖެ ޚަބަރު | 10 މަސް ކުރިން