logo
Bank of Maldives

Bank of Maldives

ޚަބަރު

15،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި، މިއީ މިހާތަނަށް އަތުލައިގަތް އެންމެ ބޮޑު ޝިޕްމަންޓް

މަރިޔަމް މާޙީ
19 ޖޫން 2026 - 16:27
ފޮޓޯ: ކަސްޓަމްސް
ފޮޓޯ: ކަސްޓަމްސް

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 15،601 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

މިއީ ރާއްޖެއަށް ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމެވި ފަހުން މިހާތަނަށް އަތުލައިގަތް އެންމެ ބޮޑު ޝިޕްމަންޓެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ ކަނޑުމަގުން ރާއްޖެ ގެނައި ޝިޕްމަންޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން، މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

މި އޮޕަރޭޝަނަކީ ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެކުރާ ތަކެތި ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ކާމިޔާބު އޮޕަރޭޝަނެކެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި 5 ދުވަހުގެ ތެރޭގައި އެކަނިވެސް މިފަދަ 3 އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. މި އޮޕަރޭޝަންތަކުގައި ޖުމްލަ 22،309 ވޭޕް ކާޓްރިޖް ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި، 15 ނޮވެންބަރު 2024 އިން ފެށިގެން ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ނިންމަވާފައެވެ. އަދި މިފަދަ ތަކެތި ބޭނުންކުރުމާއި ގެންގުޅުން 15 ޑިސެންބަރު 2024 އިން ފެށިގެން މަނާވާނެއެވެ.

މި މައްސަލައާ ގުޅިގެން ކަސްޓަމްސްއިން ބުނީ، އަތުލައިގަނެވުނު ޝިޕްމަންޓުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

15،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި، މިއީ މިހާތަނަށް އަތުލައިގަތް އެންމެ ބޮޑު ޝިޕްމަންޓްޚަބަރު | 3 ގަޑިއިރު ކުރިންރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފިޚަބަރު | ދުވަހެއް ކުރިންޗިޕްސް ދަޅުތަކެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ހާހަކަށްވުރެ ގިނަ ވޭޕް އަތުލައިގެންފިޚަބަރު | 3 ދުވަސް ކުރިންރާއްޖެ އެތެރެކުރަން އުޅުނު 8.49 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި ޚަބަރު | 9 ދުވަސް ކުރިން