logo
Bank of Maldives

Bank of Maldives

ޚަބަރު

އާމްދަނީ އިތުރުކުރެވޭނީ، އާމްދަނީ ވަންނަން ހުރި ދޮރާށިތައް ސެކިއުރ ކޮއްގެން: މެމްބަރު ސުޖާއު

އައިޝަތު ނަޝާ
12 ނޮވެމްބަރު 2025 - 11:41
އާމްދަނީ އިތުރުކުރެވޭނީ،އާމްދަނީ ވަންނަން ހުރި ދޮރާށިތައް ސެކިއުރ ކޮއްގެން: މެމްބަރު ސުޖާއު

މި ޤައުމުގެ އާމްދަނީ އިތުރު ކުރެވޭނީ، ދިވެހި ރާއްޖޭގެ ހުރިހާ މައި ދޮރާށިތަކެއް ސެކުޔަރ ކޮއްގެން ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ސުޖާއު ވިދާޅުވެއްޖެ އެވެ.

މެމްބަރު ސުޖާއު މިފަދައިން ވިދާޅުވީ،އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ބަހުސްކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނިމިގެންދިޔަ ހަފްތާ ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ އިމިގްރޭޝަން ދާއިރާ ޑިޖިޓަލައިޒް ކޮށްފައިކަން ފާހަގަ ކުރައްވާ ސުޖާ އިތުރަށް ވިދާޅުވީ،އެކަމުގެ ސަބަބުން ރާއްޖޭގައި ހިނގަމުންދާ ކޮރަޕްޝަން ފަދަ ނުރަނގަޅު ކަންތައް ތަކުން ސަލާމަތްވުމަށް އިތުރު ހިއްވަރެއް ލިބިގެން ދިޔަކަމަށްށެވެ.

"އެންމެ ބޮޑަށް މި ދިވެހިރާއްޖޭގެ ހުރިހާ ދާއިރާތަކުން ހާއްސަކޮށް ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އެނމް ބިޑަށް ދައްކަމުންދާ އެއް ވާހާކައަކީ ބޭރުމީހުން ދިވެހިރާއްޖެއަށް އެތެރެކުރެވޭ ދޮރާށިތަށް ނުވަތަ އެ ދާއިރާތަކުން ހިންގަމުންދާ ކޮރަޕްޝަންގެ ވާހަކަ.މިދިޔަ ހަފްތާ މިވަނީ އެ ދާއިރާ ޑިޖިޓަލައިޒް ކުރެވިފަ،އޭގެ ސަބަބުން ރާއްޖޭގައި ހިނގަމުންދާ ނުރަނގަޅު ކަންތައް ތަކުން ސަލާމަތްވުމަށް އަޅުގަނޑުމެނަށް އިތުރު ހިއްވަރެއް ލިބިގެން ދޭ.އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ރާއްޖޭގެ ހުރިހާ މައި ދޮރާށިތަކެއް ސެކުޔަރ ކުރަން"ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ސުޖާއު

މީގެއިތުރުން އޭނާ ވިދާޅުވީ، ދިވެހިރާއްޖެ މިއަދާ ހަމައަށް މި ކުރި ދަތުރުގައި، އެމްޕީއެލްގެ ގޭޓުގައި ސްކޭނަރެއް ބައިންދާލާނެހާ ފެންވަރު ވެސް ރާއްޖޭގައި ނެއް ކަމަށާއި، އެހެން ނަމަވެސް 2026 ވަނަ އަހަރުގެ ބަޖެޓުން ރާއްޖޭގެ ހުރިހާ މައި ގޭޓުތަކެއް ސެކުޔަރ ވެގެން ދާނެ ކަމުގައި އުންމީދު ކުރައްވާ ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ އާމްދަނީ ވަންނަން ހުރި ދޮރާށި ތަކުން ވައްކަން ކުރުމަށް ހުރި ދޮރުތަށް ބަންދު ކުރެވި ،ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް ފަހި ފުރުސަތު ތަކެއް 2026 ވަނަ އަހަރުގެ ބަޖެޓުން ފަހި ވެގެން ދާނެކަމަށް ޤަބޫލުކުރެވޭކަމަށް ވެސް މެމްބަރު ވަނީ ވިދާޅުވެފައެވެ.

އަދި އަންނަ އަހަރުގެ ބަޖެޓުގައި ބޮޑުބައެއް ކަނޑަ އެޅިފައިވަނީ ދިވެހިރާއްޖެ ޑިޖިޓަލް ރާއްޖެއަކަށް ބަދަލުކުރުމަށް ކަަމަށް ފާހަގަ ކުރައްވާ މެމްބަރު އިތުރަށް ވިދާވީ ،އިންސާނުން ބޭނުންނުކޮށް ޑިޖިޓަލީ ހުރިހާ ހިދުމަތްތަކެއް ކުރެވޭނެގޮތަށް ރާއްޖޭގެ މުއައްސަސާތަށް ބަދަލުވެގެން ދިޔައީމާ،ވައްކަމާ ކޮރަޕްޝަނުން މި ރާއްޖެ ސަލާމަތް ވެގެންދާނެ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާމްދަނީ އިތުރުކުރެވޭނީ،އާމްދަނީ ވަންނަން ހުރި ދޮރާށިތައް ސެކިއުރ ކޮއްގެން: މެމްބަރު ސުޖާއުޚަބަރު | 6 ގަޑިއިރު ކުރިންރައީސް މުއިއްޒު ވެރިކަމާ ހަވާލުވިއިރު، ތެލެސީމިއާ ސެންޓަރުގައި ވެރިއެއް ވެސް ނެތް: ސުޖާއުޚަބަރު | 23 ދުވަސް ކުރިންރައީސް މުޢިއްޒަކީ އޯގާތެރި ވެރިއެއް، ޔާމީނުނަމަ މޫނު ކުނިކުރާނެ، އިބޫ ނަމަ މުޅިތަން ބަންދުކުރާނެ: ޝުޖާޢުޚަބަރު | 2 މަސް ކުރިންއަތޮޅުތައް އުވާލާކަށްނޫޅެން، ގެންނާނީ ރައްޔިތުން އެދޭ ހެޔޮބަދަލު: ޝުޖާއުޚަބަރު | 2 މަސް ކުރިން