logo
Bank of Maldives

Bank of Maldives

ޚަބަރު

ހެޔޮވެރިކަމޭ ކިޔައިގެން އެމްޑީޕީން ވިއްކާލީ ގައުމު: ޝުޖާއު

އަޙުމަދު ރިޝާން
12 އޯގަސްޓު 2026 - 17:38
ހެޔޮވެރިކަމޭ ކިޔައިގެން އެމްޑީޕީން ވިއްކާލީ ގައުމު: ޝުޖާއު

ހެޔޮވެރިކަމޭ ކިޔައިގެން އެމްޑީޕީން ވިއްކާލީ ގައުމު ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ އަށް ދުކޮށްލެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ކުރީ ދެ ވެރިކަމުގައި ވެސް ފެނިގެންދިޔައީ އެމްޑީޕީން ހެޔޮވެރިކަމޭ ކިޔައިން ގައުމު ވިއްކާލި މަންޒަރު ކަމަށެވެ. ޝުޖާއު ވިދާޅުވީ ހެޔޮވެރިކަމެއްގެ އެންމެ މާތް ސިފައަކީ ރައްޔިތުންގެ ހިޔާލާއި ހެޔޮބަސް އަހައި އިހްލާސްތެރިކަމާއެކު ވެރިކަން ކުރުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝުޖާއު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކިބައިން ރައްޔިތުންގެ އަޑުއަހާ މާތް ސިފަ ފެނިގެންދާނެ ކަމަށެވެ. ސޯޝަލް މީޑިއާ އަށް ޝުޖާއު ދޫކޮށްލެއްވި އެހެން ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީ މިއަދު ފެންނަނީ މަސްތުގެ ހާލުގައި ތިބެގެން ބަސްބުނާ މަންޒަރު ކަމަށެވެ. އަދި އެމްޑީޕީ ޒިންމާދާރުވާން ޖެހޭ ކަމަށާއި "ގުލްޒާރުގައި ނަޔާ މަގޭ ޒަމާން" ނިމިއްޖެ ކަމަށެވެ.

މިއަދުގެ ޖީލަކީ ދޮގާއި ތެދު ވަކިކުރަން އެނގޭ ޖީލެއް ކަމަށް ވެސް ޝުޖާއު ސިފަކުރެއްވެވި އެވެ. އަދި ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުން ރާއްޖޭގެ ބާޒާރަށް އަންނަ ބަދަލު ވެސް މިއަދުގެ ކިޔަވާ ކުދިންނަށް އެނގޭނެ ކަމަށާއި އެކުދިން ކިޔަވަނީ އެ ފިލާވަޅުތައް ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޓެގްކުރައްވާ ޝުޖާއު ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ތަކެތީގެ އަގުތަކަށްވާ ގޮތް ވަރަށް ސާފުކޮށް ކިޔައިދެއްވާފައިވާ ކަމަށެވެ. އަދި މިނިސްޓަރު ސައީދު ލެޕްޓޮޕަކާ ފަޅުރަށަކުން ގައުމު ހިންގޭނެ ކިޔައި ރައީސް ނަޝީދުހެން އިތުރުފުޅު ނުހައްދަވާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހެޔޮވެރިކަމޭ ކިޔައިގެން އެމްޑީޕީން ވިއްކާލީ ގައުމު: ޝުޖާއުޚަބަރު | ގަޑިއިރެއް ކުރިންރައީސް ޔާމީނާ ދޭތެރޭ، އަދިވެސް އޯގާތެރި ވާނީ ރައީސް މުއިއްޒު: ޝުޖާއުޚަބަރު | ދުވަހެއް ކުރިންއެމްޑީޕީވެރިކަމުގައި މާލީ ހިސާބު އާންމުނުކުރީ ވަށްކަންކުރިވަރު ގިނަކަމުން: ޝުޖާއުޚަބަރު | 6 ދުވަސް ކުރިންދިވެހިން މިހާރު ”އަނެއް ދިވެހިރާއްޖެ“ އަށް ދާން ބޭނުމެއް ނުވޭ! : ޝުޖާޢުޚަބަރު | 5 މަސް ކުރިން