logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީވެރިކަމުގައި މާލީ ހިސާބު އާންމުނުކުރީ ވަށްކަންކުރިވަރު ގިނަކަމުން: ޝުޖާއު

އަޙުމަދު ރިޝާން
6 އޯގަސްޓު 2026 - 13:31
އެމްޑީޕީވެރިކަމުގައި މާލީ ހިސާބު އާންމުނުކުރީ ވަށްކަންކުރިވަރު ގިނަކަމުން: ޝުޖާއު

އެމްޑިޕީވެރިކަމުގައި މާލީ ތަފާސްހިސާބު އާންމު ނުކުރީ ވަށްކަންކޮށްފައި އޮތްލެއް ގިނަކަމުން ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އއ. އުކުޅަހުގައި ޕީއެންސީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި މާލީ ތަފާސްހިސާބު އާންމުނުކުރާތާ ހަ މަސްދުވަސްވެފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ މާލީ ހިސާބުތައް ވެސް އާންމު ނުކުރާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝުޖާއު ވިދާޅުވީ މި މާލީ ހިސާބުތައް ހޯދަން މަސައްކަތް ކުރުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޒަލްކުރަން އެމްޑީޕީން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އެހިސާބުން ގައުމު އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ޝުޖާއު ފާހަގަ ކުރެއްވެވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީއާ ވެރިކަން ހަވާލުކުރިއިރު ދިވެހިރާއްޖޭގައި އެއްބިލިޔަން ރުފިޔާ ހުންނާނެ ކަމަށެވެ. އަދި އެފައިސާއަކީ ރައީސް މުއިއްޒާއި ޕީއެންސީ އިސްސަފުގައި ތިބި ފަރާތްތަކުން ހޯއްދެވި ފައިސާ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

 އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައި ޑޮލަރުގެ ކަޅުބާޒާރެއް އުފެދި އެޔަށް ހިތްވަރުދޭ: ޝުޖާއުޚަބަރު | 3 ގަޑިއިރު ކުރިންއެމްޑީޕީއާއި ހުރިހާ ސިޔާސީ ލީޑަރުން ޕީއެންސީ މަތީ މަޖިލިސް ކުރިޔަށްދާގޮތް ނަމޫނާ އަކަށް ބަލަންޖެހޭނެ: ޝުޖާއުޚަބަރު | 22 ދުވަސް ކުރިންހެޔޮވެރިކަމޭ ކިޔައިގެން އެމްޑީޕީން ވިއްކާލީ ގައުމު: ޝުޖާއުޚަބަރު | މަހެއް ކުރިންރައީސް ޔާމީނާ ދޭތެރޭ، އަދިވެސް އޯގާތެރި ވާނީ ރައީސް މުއިއްޒު: ޝުޖާއުޚަބަރު | މަހެއް ކުރިން