ރައީސް ޔާމީނާ ދޭތެރޭ، އަދިވެސް އޯގާތެރިކޮށް ހިއްތަވާނީ ރައީސް މުއިއްޒު: ޝުޖާއު
11 އޯގަސްޓު 2026 - 07:46

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދޭތެރޭ އަދިވެސް އޯގާތެރިކޮށް ހިއްތަވާނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ އަށް ދުކޮށްލެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ރައީސް ޔާމިން ހަމަހޭގައި އިންނަވައިގެން ވާހަކަފުޅު ދައްކަވާނަމަ ދައްކަވަނީ ހެޔޮކޮށް ކަމަށެވެ. ޝުޖާއު ވިދާޅުވީ ރައީސް ޔާމިން އަށް ސިޔާސީ ވާދެވެރިކަމާއި ޒާތީ ވިސްނުން ލައިދެއްވަނީ "ބޮނޑިބަތް ގްރޫޕް" ކަމަށެވެ.

Ad by Hajj Corporation
ޝުޖާއު މި މޭރުމުން ވާހަކަ ދައްކަވާފައި މި ވަނީ އެމްޑީޕީއަށް ވުރެ ބޮޑަށް ރައީސް ޔާމީން ހިޔާރުކުރައްވާނީ ރައީސް ޑރ. މުއިއްޒު ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. ރައީސް ޔާމީނަށް އެންމެ މޮޅު އިތުރު ގޮތަކަށް ވާނީ 2028 ގައި ރައީސް މުއިއްޒަށް ތާއިދުކޮށް، އެމްޑީޕީގެ ނުބައި ނުލަފާ ވިސްނުމުން މިގައުމު ސަލާމަތް ކުރުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅަށް ތާއިދު ކުރެއްވުން ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.


