logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހިން މިހާރު ”އަނެއް ދިވެހިރާއްޖެ“ އަށް ދާން ބޭނުމެއް ނުވޭ! : ޝުޖާޢު

އިސްމާޢިލް ރާތިޢު
28 މާރިޗު 2026 - 05:32
ދިވެހިން މިހާރު ”އަނެއް ދިވެހިރާއްޖެ“ އަށް ދާން ބޭނުމެއް ނުވޭ! : ޝުޖާޢު

ދިވެހިން މިހާރު އިދިކޮޅު އެމްޑީޕީގެ ”އަނެއް ދިވެހިރާއްޖެ“ އަށް ދާން ބޭނުން ނުވާ ކަމަށާއި އެކަމާ އެންމެ ދެކޮޅު ހެއްދެވި ބޭފުޅަކީވެސް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށް، ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިފަދައިން ވިދާޅުވީ، ޕީއެންސީގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުނާންގެ ހުޅުމާލެ ކެމްޕެއިން އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

”އަނެއް ދިވެހިރާއްޖެ“ އަކީ އެމްޑީޕީގެ އެންމެ ފުރަތަމަ ސަރުކާރު އައި އިރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕެއިނުގައި ބޭނުން ކުރި ޝިއާރެވެ.

ޝުޖާޢު ވިދާޅުވީ، ދިވެހީން މިއަދު "އަނެއް ދިވެހިރާއްޖެ"އަށް ދާން ބޭނުންނުވާ ކަމަށާއި ”އަނެއް ދިވެހިރާއްޖޭ“ގެ ހުރި ގޯސް ކަންކަން އެންމެ ބޮޑަށް ވިދާޅުވަމުން ގެންދެވި ބޭފުޅަކީ ވެސް ރައީސް ޔާމީން ކަމަށެވެ.

ޝުޖާއު މިފަދައިން ވިދާޅުވެފައިވަނީ ދާދިފަހުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން ރައީސް ޔާމީންގެ އަމިއްލަ ޕާޓީ، ޕީއެންއެފްއިން މާލެ އާޓިފިޝަލް ބީޗުގައި އިއްޔެ ރޭ ބޭއްވި ”ޗާގޯސް ޖަލްސާ“ ގައި އެމަނިކުފާނު ވިދާޅުވީ މިއަދު ގައުމުގެ ހާލަތު ގޮަސްފައި އޮތް ހިސާބުގެ ގޮތުން، ކުރީގެ ރައީސް ނަޝީދު ވިދާޅުވާ ގޮތަށް ”އަނެއް ދިވެހިރާއްޖެ“ އެއް ހޯދަން ޖެހިފައިވާ ކަމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ، ރައީސް ޔާމީންގެ މި ބަސްފުޅަކީ ކައުންސިލް އިންތިހާބުގައި ވޯޓުލާއިރު ރައްޔިތުން ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

 އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައި ޑޮލަރުގެ ކަޅުބާޒާރެއް އުފެދި އެޔަށް ހިތްވަރުދޭ: ޝުޖާއުޚަބަރު | 3 ގަޑިއިރު ކުރިންއެމްޑީޕީއާއި ހުރިހާ ސިޔާސީ ލީޑަރުން ޕީއެންސީ މަތީ މަޖިލިސް ކުރިޔަށްދާގޮތް ނަމޫނާ އަކަށް ބަލަންޖެހޭނެ: ޝުޖާއުޚަބަރު | 22 ދުވަސް ކުރިންހެޔޮވެރިކަމޭ ކިޔައިގެން އެމްޑީޕީން ވިއްކާލީ ގައުމު: ޝުޖާއުޚަބަރު | މަހެއް ކުރިންރައީސް ޔާމީނާ ދޭތެރޭ، އަދިވެސް އޯގާތެރި ވާނީ ރައީސް މުއިއްޒު: ޝުޖާއުޚަބަރު | މަހެއް ކުރިން