އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައި ޑޮލަރުގެ ކަޅުބާޒާރެއް އުފެދި އެޔަށް ހިތްވަރުދޭ: ޝުޖާއު
22 ސެޕްޓެމްބަރު 2026 - 06:05

އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ޑޮލަރުގެ ކަޅުބާޒާރު އުފެދޭ ކަމަށާއި އެމްޑީޕީ ވެރިކަންތަކުގައި އެކަމަށް ހިތްވަރުދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީގެ "ޓީޓޯކް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ޑޮލަރުގެ ވާހަކަތައް އެންމެ ބޮޑަށް ދައްކަނީ އެމްޑީޕީ ސަރުކާރުގެ ވަޒީރުން ކަމަށެވެ. އަދި އެމްޑީޕީ ވެރިކަންތަކުގައި ޑޮލަރުގެ ކަޅު ބާޒާރު ވިޔަފާރިއެއްގެ ގޮތުގައި ކުރަމުންދާ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
.png&w=750&q=75)
Ad by Hajj Corporation
ކުއްލި އަކަށް ދިވެހި ރިޒާވްއަށް ޑޮލަރުތަކެއް ނުވަންނަ ކަމަށާއި ޑޮލަރުގެ އަގު ކަޅުބާޒާރުގައި މިހާރު ތިރިވަމުން އެދަނީ ސަރުކާރުން ސިޔާސަތަށް ގެނައި ބަދަލުތަކުގެ ސަބަބުން ކަމަށް ވެސް ޝުޖާއު ފާހަގަ ކުރެއްވެވި އެވެ. ޝުޖާއު ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ ވަކި އިންސައްތައެއް މާރުކުރުމަކީ އެ ފަރާތްތަކަށް ގެއްލުންވާނެ ކަމެއް ނޫން ކަމަށެވެ.
ސަރުކާރުން ގެނައި ބަދަލަކީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުގެ ކަރުހިފަން ގެނައި ބަދަލެއް ނޫން ކަމަށާއި އެއީ ދިވެހި ރައްޔިތުންގެ ހައްގުގައި ގެނައި ބަދަލެއް ކަމަށް ޝުޖާއު ފާހަގަ ކުރެއްވެވި އެވެ.
ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވަނީ ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފަ އެވެ.


