logo
MPL

MPL

ޚަބަރު

ރާއްޖޭގެ ފުރަތަމަ ޓެކްސް ފޯރަމް މި މަހު 15 ގައި

އައިޝަތު ނަޝާ
13 ނޮވެމްބަރު 2025 - 17:14
ރާއްޖޭގެ ފުރަތަމަ ޓެކްސް ފޯރަމް މި މަހު 15 ގައި

އިންސްޓިޓިއުޓް އޮފް ޗާރޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން އިންތިޒާމުކޮށްގެން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓެކްސް ފޯރަމެއް ބާއްވަން ތައްޔާރުވެއްޖެއެވެ

"ޝޭޕިންގ އަ ސްމާޓާ ޓެކްސް ފިއުޗާ ޓުގެދާ" ގެ ނަމުގައި ބާއްވާ އެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ ހޮނިހިރު ދުވަހުގެ ހެނދު 8:30 އިން ހަވީރު 4:30 އަށް މީރުމާ ހޯލްގައިކަމަށް ސީއޭ މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސީއޭ މޯލްޑިވްސްއިން ބުނީ، ޓެކުހުގެ ދާއިރާއަަށް އަންނަ ޒަމާނީ ބަދަލުތަކާއެކު ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރުވުމުގެގޮތުން، ބިޒްނަސް ލީޑަރުންނާއި ރެގިއުލޭޓަރުން އަދި ކަމާބެހޭ މާހިރުން ބައިވެރިވާ އެ ފޯރަމްގައި މަޢުލޫމާތާއި ޚިޔާލު ބަދަލުކުރާނީ ޓެކްސްއާގުޅޭ ބައިނަލްއަޤުވާމީ ބެސްޓް ޕްރެކްޓިސް ރާއްޖޭގެ މަފްހޫމްގައި ތަންފީޒުކުރާނެ ގޮތްތަކާ ބެހޭގޮތުންކަމަށެވެ.

މީގެއިތުރުން، ރާއްޖެއާއި ބޭރުގެ ގިނަ ޢަދަދެއްގެ މާހިރުން އެ ފޯރަމްގައި ތަޤުރީރުކުރައްވާނެކަމަށާއި ވަކިވަކި މާހިރުން ކުރައްވާ ތަޤުރީރުތަކުގެ އިތުރުން، ފަސް ޕެނަލް ޑިސްކަޝަނެއްވެސް އެ ފޯރަމްގައި ކުރިއަށް ގެންދާނެކަމަށް ސީއޭ މޯލްޑިވްސް އިން ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ މާލީ ހިސާބުތަކުގެ ރިޕޯޓިން މިންގަނޑުތައް ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަނެފައިވޭ: ސީއޭ މޯލްޑިވްސްޚަބަރު | 37 މިނިޓު ކުރިންރާއްޖޭގެ ފުރަތަމަ ޓެކްސް ފޯރަމް މި މަހު 15 ގައި ޚަބަރު | 10 މަސް ކުރިންމޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ފަށައިފިޚަބަރު | އަހަރެއް ކުރިންމާލީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ބީއެމްއެލްއާއި، ސީއޭ މޯލްޑިވްސް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި ޚަބަރު | އަހަރެއް ކުރިން