ރާއްޖޭގެ މާލީ ހިސާބުތަކުގެ ރިޕޯޓިން މިންގަނޑުތައް ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަނެފައިވޭ: ސީއޭ މޯލްޑިވްސް
29 އޯގަސްޓު 2026 - 10:29

ދެމެހެއްޓެނިވި މާލީ ހިސާބުތަކުގެ ރިޕޯޓިން މިންގަނޑުތައް ރާއްޖޭގައި ތަންފީޒު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަނެފައިވާ ކަމަށް ސީއޭ މޯލްޑިވްސްއިން ބުނެފޮ އެވެ.
އައިއެފްއާރްއެސް ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއޭ މޯލްޑިވްސްގެ ރައީސް މުޙައްމަދު ޙަލީމް ޢަބްދުﷲ ވަނީ ރާއްޖޭގެ އެކައުންޓިން ދާއިރާ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އަންނަ އަހަރު ޢަމަލުކުރަން ފަށާ އައިއެފްއާރްއެސް 18 މިންގަނޑު ތަންފީޒު ކުރުމުގެ މަސައްކަތުގެ އިތުރުން، އައިއެފްއާރްއެސް-އެސް 1 އަދި އައިއެފްއާރްއެސް-އެސް 2 މިންގަނޑުތައް މިހާރު ރާއްޖޭގައި ތަންފީޒުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
އެއް ދުވަހުގެ މުއްދަތަކަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ޝަހީދު ޢަލީ ސްކޫލުގެ އޮޑިޓޯރިއަމްގައި ކުރިއަށްދާ މި ފޯރަމަކީ ބައިނަލްއަޤްވާމީ ރިޕޯޓިން މިންގަނޑުތަކާ ގުޅޭގޮތުން ބޭއްވޭ މުހިންމު ފޯރަމެކެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ސީއީއޯ މުޙައްމަދު އަޙްމަދު ވިދާޅުވީ، ޓެކްނޮލޮޖީއާއެކު ދުނިޔޭގެ މާލީ ދާއިރާގެ އުސޫލުތައް ބަދަލުވަމުންދާ މި ދަނޑިވަޅުގައި، ދެމެހެއްޓެނިވި ރިޕޯޓިން މިންގަނޑުތައް ރާއްޖެ ފަދަ ޤައުމެއްގެ އިޤްތިޞާދީ ވިލުންތެރިކަމަށް ވަރަށް މުހިންމު ކަމަށެވެ.
މި ފޯރަމްގެ ތެރެއިން، މާލީ ދާއިރާގައި ހަރަކާތްތެރިވާ އެކައުންޓެންޓުންނާއި މުވައްޒަފުން ދަފްތަރު ކުރުމަށްޓަކައި ޚާއްޞަ ކެމްޕެއިނެއް ކަމަށްވާ "އޭއައިބީ" ކެމްޕެއިން ވަނީ ރަސްމީކޮށް އިފްތިތާޙުކޮށްދީފައެވެ. އަދި ފޯރަމްގެ އެކި ސެޝަންތަކުގައި އައިއެފްއާރްއެސް 18 އާއި، އެސްއެމްއީތަކުގެ މާލީ ހިސާބުތަކަށް އަންނަ ބަދަލުތަކުގެ އިތުރުން ސަސްޓެއިނަބިލިޓީ ރިޕޯޓިން މިންގަނޑުތަކާ ގުޅޭގޮތުން ބައިވެރިންނަށް މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދެވޭނެއެވެ. މާލީ ދާއިރާގެ ތަޖުރިބާކާރުންނާއި، ދިރާސާކުރާ ފަރާތްތަކާއި، އެކައުންޓެންޓުން ހިމެނޭހެން 300 އަށް ވުރެ ބައިވެރިން މި ފޯރަމުގައި ބައިވެރިވެއެވެ.

-01.jpg&w=3840&q=75)
