މި އަހަރުގެ ރެހެންދި އެވޯޑު 15 ކަނބަލަކަށް
16 ނޮވެމްބަރު 2025 - 04:39

މި އަހަރުގެ ރެހެންދި އެވޯޑު، 15 ކަނބަލަކު ހާސިލްކޮށްފިއެވެ.
ރެހެންދި އެވޯޑަކީ މުޖުތަމަޢުގެ ލާބައާއި މަންފާއާއި ޤައުމުގެ ކުރިއެރުމަށް އަންހެނުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ދޭ އެވޯޑެކެވެ.
.png&w=750&q=75)
Ad by Hajj Corporation
މިއަހަރުގެ އެވޯޑް ޙަފްލާގައި ވަނީ 2024 އަދި 2025ވަނަ އަހަރުގެ ރެހެންދި އެވޯޑް ދީފައެވެ.
ރެހެންދި އެވޯޑް ދިނުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ. އަދި އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމާއި ދާއިރާގެ އިސް ފަރާތްތަކުން ވެސް މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިފަހަރުގެ އެވޯޑްގައި މައިގަނޑު 3 ކެޓަގަރީއަކުން ކުރިމަތިލުމަށް ހުޅުވާލިއެވެ. އެއީ ވަކިވަކި އަންހެނުންނާއި ޖަމްޢިއްޔާ ޖަމާއަތްތަކަށް އެވޯޑަށް ހުށައެޅޭ ކެޓަގަރީގެ އިތުރުން އިންސްޓިޓިއުޝަނަލް ޖެންޑަރ މެއިންސްޓްރީމިންގެ ދާއިރާތަކެވެ.
ރެހެންދި އެވޯޑް 2024އަށް 22 އަންހެނުން ކުރިމަތިލިއިރު، މި އެވޯޑް 5 މީހަކަށް ލިބިފަވެއެވެ. އަދި 2025 ވަނަ އަހަރު، 28 އަންހެނުން އެވޯޑަށް ކުރިމަތިލިއިރު، 10 ފަރާތެއް އެވޯޑަށް ހޮވިފަވެއެވެ.
2025 ވަނަ އަހަރުގެ ރެހެންދި އެވޯޑު ލިބިފައިވަނީ:
- އާއިޝަތު ހުސައިން - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- ޘުރައްޔާ އިބްރާޙިމް - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- އާމިނަތު އާދަމް ކޮއި - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- އާމިނަތު ރީމާ ރަޝީދު - ލީޑަޝިޕް އަދި ގަވަނަންސްގެ ދާއިރާ
- ޑރ. ރުޚްޝާނާ އަޙްމަދު - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- ސަމީނާ އިބްރާޙީމް - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- ސަފާތު އަޙްމަދު ޒާހިރު - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- އައިޝަތު ވަހީދާ – އިޤްތިޞާދީގޮތުން ބާރުވެރިކުރުމުގެ ދާއިރާ
- އާމިނަތު ސޫޒަން – ލީޑަޝިޕް އަދި ގަވަނަންސްގެ ދާއިރާ
- ޒަހިއްޔާ މުޙައްމަދު – އާއްމުކޮށް އަންހެނުން ކޮށް ނޫޅޭ މަސައްކަތުގެ ދާއިރާ
2024 ވަނަ އަހަރުގެ ރެހެންދި އެވޯޑު ލިބިފައިވަނީ:
- އަލްއުސްތާޛާ މަރްޔަމް އިނާޝާ – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- މަރްޔަމް މުރުޝިދާ - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- އަސްމާ ޙަސަން - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- ޢާއިޝަތު ޠާއިފާ - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- ވިމެން އެންހޭންސްމަންޓް (އެންޖީއޯ) - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ދެމުން އަންނަ މި އެވޯޑް ފުރަތަމަ ފަހަރަށް ދޭން ފެށީ 2014ވަނަ އަހަރުއެވެ.
ރެހެންދި އެވޯޑް ދިނުމުގެ މަޤުޞަދަކީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އަންހެނުން ކުރާ އަގުހުރި މަސައްކަތަކާއި އަންހެނުން ޙާސިލްކޮށްފަވާ ކާމިޔާބީތައް ފާހަގަކޮށް އަގު ވަޒަންކުރުމާއި ޤައުމީ ޚިދުމަތަށް އިތުރު އަންހެނުން ނިކުރުމަށް ހިތްވަރުދިނުމާއި އަންހެނުންގެ ޙިއްސާ މަދު ދާއިރާތަކަށް އަންހެނުންގެ ޙިއްސާ އިތުރުކުރުމުގެ އިތުރުން، އާ ދާއިރާތައް ތަޢާރަފުކޮށް، އެ ދާއިރާތަކަށް އަންހެނުން ނެރުމަށް ބާރުއެޅުމެވެ.

-01.jpg&w=3840&q=75)
