logo
MPL

MPL

ޚަބަރު

ރެހެންދި އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި

އައިޝަތު ނަޝާ
27 އޮކްޓޯބަރު 2026 - 05:53
ރެހެންދި އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި

ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިއަހަރުގެ ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

ރެހެންދި އެވޯޑަކީ ގައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުންނާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި ޖަމިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭ އެވޯޑެކެވެ.

އެވޯޑަށް ކުރިމަތިލުމުގެ ގޮތުން ވަކިވަކި އަންހެނުންނާއި، ޖަމިއްޔާ ޖަމާއަތްތަކުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ.

މި އެވޯޑަށް ކުރިމަތިލެވޭނީ އަންހެނުންނާއި، ޖަމިއްޔާ ޖަމާއަތްތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށެވެ. ވަކި ވަކި އަންހެނުންގެ ނަން ނުވަތަ ޖަމިއްޔާތަކުގެ ނަން އަމިއްލައަށް ނުވަތަ އެހެން ފަރާތަކަށްވެސް ހުށަހެޅޭނެ އެވެ. އަންހެންނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ނަން އަމިއްލައަށް ނުވަތަ ކޮމިޓީ ނިސްބަތްވާ ސިޓީ ނުވަތަ ރަށެއްގެ ލޯކަލް ކައުންސިކަށް ނުވަތަ އެހެން ފަރާތަކަށްވެސް ހުށަހެޅޭނެއެވެ. މި އެވޯޑަށް ނަން ހުށަހެޅޭނީ އެއް ދާއިރާއިންނެވެ.

އަންހެނުންގެ ދުވަހާ ގުޅުވައިގެން ރެހެންދި އެވޯޑް ދޭން ފެށީ 2014 ވަނަ އަހަރު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެހެންދި އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލައިފިޚަބަރު | ގަޑިއިރެއް ކުރިންމި އަހަރު ރެހެންދި އެވޯޑު 15 ކަނބަލަކަށްޚަބަރު | އަހަރެއް ކުރިންރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި ޚަބަރު | 2 އަހަރު ކުރިން