logo
MPL

MPL

ޚަބަރު

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އާމިނަތު ޝަފާ
17 ފެބްރުއަރީ 2025 - 10:11
ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންދޭ ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ "ރެހެންދި އެވޯޑު" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން މެއިމަހުގެ 4 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް ހުޅުވާލައި، އެކަން އިޢުލާނުކޮށްފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުޞަތު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނާއި ޖަމުޢިއްޔާ ޖަމާޢަތްތަކުންވެސް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މިއެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުމުގެ ތަފުސީލު ރެހެންދި އެވޯޑަށް ނަން ހުށަހަޅާ ފޯމުގައި ހިމަނާފައިވެއެވެ.

މި އެވޯޑަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރާއި، މުޖުތަމަޢުގައި އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު، ޤައުމީ ފެންވަރުގައި ވަޒަން ކުރުމުގެ މަޤްޞަދުގައި ވުޒާރާއިންދޭ އެވޯޑެކެވެ.

މިއެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ އުޞޫލާއި އެޕްލިކޭޝަން ފޯމު، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ވެބްސައިޓް www.msfd.gov.mv އިން ޑައުންލޯޑު ކުރެއްވޭނެއެވެ. އަދި ރެހެންދި އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ އުޞޫލާއި އެޕްލިކޭޝަން ފޯމު، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިންނާއި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑަރަންސް ސަރވިސް ސެންޓަރތަކުންވެސް ލިބެން ހުންނާނެ އެވެ. އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި އެވޯޑަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، މިނިސްޓްރީގެ އީމެއިލް rehendhiawards@msfd.gov.mv އިންނާއި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް، ވުޒާރާ (އުމަރު ޒާހިރު އޮފީސް އިމާރާތް، އޯކިޑުމާ ހިނގުން، ހުޅުމާލެ)ގެ ކައުންޓަރުންނެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެހެންދި އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލައިފިޚަބަރު | ގަޑިއިރެއް ކުރިންދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 111 ކުއްޖަކު ޢާއިލާތަކާ ވަނީ ޙަވާލުކޮށްފަ: ވަޒީރުޚަބަރު | 7 މަސް ކުރިންދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ޢީދުގައި ބައިވެރިކުރުމަށް 40،000 އަށްވުރެ ގިނަ ޑޮލަރުޚަބަރު | 7 މަސް ކުރިންކޭސް ވޯކަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ދެވަނަ ބެޗުގެ ތަމްރީން ޕްރޮގްރާމް ފަށައިފިޚަބަރު | 9 މަސް ކުރިން