logo
Bank of Maldives

Bank of Maldives

ޚަބަރު

ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން ދޭ ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް 40 މީހަކަށް ދީފި

ޢައްފާން މުޙައްމަދު
16 ނޮވެމްބަރު 2025 - 06:20
ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން ދޭ ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް 40 މީހަކަށް ދީފި

ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން ދޭ ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް 40 މީހަކަށް ދީފިއެވެ.

ދިވެހި ތަރިކައިގެ ޢިލްމު އުފައްދައި، ޤާބިލު ތަރިކަވެރީންތަކެއް އުފެއްދުމަށް ހުޅުވާލި ސިގްނޭޗަރ ސްކޮލަރޝިޕްތަކަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގައި މާސްޓަރސް އިން ރިސަރޗް އެންޑް ޕަބްލިކޭޝަން ޕްރޮގުރާމެއް ހާސިލުކުރެވޭ ގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ސްޕޮންސަރކުރާ ފުރުޞަތުތަކެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފަރާތްތަކަށް ސްކޮލަރޝިޕް ލިބުންކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެކަމަށްޓަކާ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޤައުމިއްޔަތުގެ ދާއިރާއިން ޢިލްމީ، ފިކުރީ އަދި ދިވެހި ޤައުމިއްޔަތުގެ ދާއިރާގެ ޚައިޞިއްޔަތަށް އިސްކަމެއްދީ، ތަރިކައިގެ ދާއިރާގެ ދިރާސާތައް ކުރުމާއި އެ ދިރާސަތައް ޝާއިޢުކުރެވޭނެ މަގު ފަހިކޮށްދިނުންކަމަށް ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ބުނެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން، ހިންގާ ދިރާސީ މަސައްކަތްތަކުގެ މުއްދަތަކީ 2 އަހަރެވެ. މި މަސައްކަތުގެ ތެރެއިން ކޮންމެ މަހަކު 2 ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި ޢިލްމީ ހޯދުންތަކާ ގުޅޭ މަސައްކަތްކުރަން ޖެހޭނެއެވެ. މި ސްކޮލަރޝިޕް ފުރުޞަތުތަކުގައި ކިޔަވާ ފަރާތްތަކުގެ ކޯސްފީ ދެއްކުމަށް ހަމަޖެހިފައިވަނީ، ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ.

ސްކޮލަރޝިޕްގައި ބައިވެރިވާ މީހުންނަށް ތަރިކައިގެ ދާއިރާގެ ކޮންމެވެސް އެއް ފަންނެއް ޢިލްމީ ގޮތެއްގައި ފުންކޮށް ދަސްކުރުމުގެ ފުރުޞަތު ލިބުމުގެ އިތުރުން ތަރިކައިގެ ދާއިރާގެ ޢިލްމީ އަދި ދިރާސީ ފޮތްތައް ޝާއިޢުކުރުމުގެ ފުރުޞަތުވެސް ލިބޭނެއެވެ.

ދިވެހި ޤައުމިއްޔަތު އިއާދަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވަޢުދުފުޅެވެ. އެގޮތުން، މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢެއް ފައްޓަވައި، 50 ދިރާސާވެރިންނަށް ފުރުޞަތު ދެއްވާފައިވެއެވެ.

މީގެއިތުރުން، މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޤައުމިއްޔަތުގެ ދާއިރާއަށް ޚާއްސަ އިސްކަމެއް ދެއްވައި، ތަރިކައިގެ ދާއިރާއިގެ ދިރާސާތައް ކުރެވޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ރަހަފަތް" މައުރަޒު ހުޅުވައިފިޚަބަރު | 2 މަސް ކުރިންރަމަޟާން މަހަށް ޚާއްޞަކޮށްގެން ކާބޯތަކެތި ތައްޔާރުކުރުމުގެ މުބާރާތެއް!ޚަބަރު | 3 މަސް ކުރިންމި އަހަރުގެ ޅެންވެރީންގެ ދުވަހުގެ ޝިޢާރު އިފްތިތާޙުކޮށްފިޚަބަރު | 3 މަސް ކުރިންދިވެހި ތަރިކައިގެ ބައެއް ނަކަލު ތަރިކައާ ބެހޭ ވުޒާރާއާ ހަވާލުކޮށްފިޚަބަރު | 4 މަސް ކުރިން