logo
MPL

MPL

ޚަބަރު

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގައި ބައިވެރިވާ އިތުރު ހަތަރު މީޑިއާއާއެކު ސޮއިކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
14 އޮކްޓޯބަރު 2026 - 04:34
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގައި ބައިވެރިވާ އިތުރު ހަތަރު މީޑިއާއާއެކު ސޮއިކޮށްފި

ދިވެހިންގެ މެދުގައި އޮތް އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރިވެތި އާދަކާދަ ދިރުވައި އާލާކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގައި ބައިވެރިވާ އިތުރު 4 މީޑިއާއަކާއެކު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

އެ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި އަލަށް ސޮއިކުރި 4 މީޑިއާއަކީ ސަބަބު އޮންލައިން، ހަލި ނިއުސް، މޯލްޑިވްސް ލެޖަރ އަދި ތުޅާދޫ ޓައިމްސްއެވެ. މި ސޮއިކުރުމާއެކު، އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގައި މީޑިއާ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވި މީޑިއާތަކުގެ ޢަދަދު ވަނީ 34 އަށް އަރާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނިގެން، 5 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ޤައުމީ ފެންވަރުގެ މަޝްރޫޢެކެވެ. "އިޙުތިރާމުގެ އުފާ - މުޖުތަމަޢުގެ ނަފާ" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މުޖުތަމަޢުގައި އެކަކު އަނެކަކަށް ކަމޭހިތުމާއި އިޙްތިރާމްކުރުމުގެ ރޫޙު އާލާކުރުމެވެ.

މި މަޝްރޫޢުގައި މީޑިއާ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުޞަތު ހުރިހާ މީޑިއާތަކަށް އަދިވެސް ހުޅުވާލެވިފައިވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގައި ބައިވެރިވާ އިތުރު ހަތަރު މީޑިއާއާއެކު ސޮއިކޮށްފިޚަބަރު | ގަޑިއިރެއް ކުރިން ރާއްޖޭގެ ހިރިގަލުގެ ފަސް މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުމުގެ ފުރުސަތު ބޮޑު: މިނިސްޓަރު ހީނާޚަބަރު | 2 ދުވަސް ކުރިން"ރަހަފަތް" މައުރަޒު ހުޅުވައިފިޚަބަރު | 8 މަސް ކުރިންރަމަޟާން މަހަށް ޚާއްޞަކޮށްގެން ކާބޯތަކެތި ތައްޔާރުކުރުމުގެ މުބާރާތެއް!ޚަބަރު | 9 މަސް ކުރިން