logo
Bank of Maldives

Bank of Maldives

ޚަބަރު

ފުވައްމުލަކު ގިނަ ގޭބިސީތަކުގައި ދެ ފެން އެއްވާގޮތަށް ވަނީ ހަދާފައި: ޔުޓިލިޓީ އޮތޯރިޓީ

އާމިނަތު ޝަފާ
17 ނޮވެމްބަރު 2025 - 06:36
ފުވައްމުލަކު އެއާޕޯޓު -- ފޮޓޯ: ޓްވިޓާ
ފުވައްމުލަކު އެއާޕޯޓު -- ފޮޓޯ: ޓްވިޓާ

ފުވައްމުލައް ސިޓީގެ ގިނަ އަދަދެއްގެ ގޭބިސީތަކުގައި ކްރޮސް ކަނެކްޝަން (ދެ ފެން އެއްވާގޮތަށް) ހަދާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެއީ މަނާ ކަމެއް ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ސިޓީ ކައުންސިލަށް އަންގައިިފިއެވެ.

ފުވައްމުލައް ސިޓީގެ ގޭބީސީތަކަށް ދޫކުރަމުން އަންނަ ސަޕްލައި ފެން ތަޣައްޔަރުވެ ވަގުތީ ގޮތުން ފެން ކަނޑާލީ މީގެ ހަފްތާއެއްހާ ވަރަކަށް ދުވަސް ފަހުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފެނަކަ ފުވައްމުލައް ބްރާންޗުން ނެރުނު ބަޔާނުގައިވެސް ވަނީ އެ ސިޓީގެ ގިނަ އަދަދެއްގެ ގޭބިސީތަކުގައި ކްރޮސް ކަނެކްޝަން (ދެ ފެން އެއްވާގޮތަށް) ހަދާފައިވާކަން ފާހަގަކުރެވިފައިވާކަމަށް ބުނެފައެވެ.

ފެނުގެ ވަސީލަތްތައް ޙިމާޔަތްކޮށް ބެލެހެއްޓުމާބެހޭ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، އެންމެހައި އިމާރާތްތައް އިމާރާތް ކޮށްފައި ހުންނަންވާނީ އެ އިމާރާތްތަކުގެ ފުރާޅުތަކުން ނުވަތަ ޓެރެސްއިން އަންނަ ފެނާއި، ވާރޭފެން ތާނގީތަކުގެ އޯވަރފްލޯ ފެން، ވަޅަށް ނުވަތަ ފެން ހިންދުމަށް ޚާއްސަކޮށްފައިވާ ނިޒާމެއް މެދުވެރިކޮށް، ބިމަށް ހިންދޭ ގޮތަށެވެ. އަދި މިޤަވާއިދުގެ 8 ގެ (ނ)ގައި ބަޔާންކޮށްފައިވާ ގޮތުން، އެއްވެސް އިމާރާތެއްގެ ފުރާޅުން ނުވަތަ ޓެރަސްއިން އަންނަ ފެނާއި، ފެން ނަގައި ރައްކާކުރާ ފެންތާންގީތަކުގެ އޯވަރފްލޯ ފެން ނަރުދަމާ ނިޒާމަށް ގުޅުމަކީ، ނުވަތަ ނަރުދަމާ ނިޒާމު މެދުވެރިކޮށް ބޭރުކުރުމަކީ، ނުވަތަ ހިންދުމަކީ މަނާކަމެކެވެ.

ގަވާއިދާއި ޚިލާފަށް ނަރުދަމާ ނިޒާމަށް އެއްވެސް ހޮޅިއެއް ގުޅާފައިވާނަމަ 15 ދުވަސް ތެރޭގައި އެކަން ރަނގަޅު ކުރުމަށް ފެނަކައިން އޭރު އެންގިއެވެ. އަދި މި މުއްދަތުގައި އެމައްސަލަ ހައްލުނުކުރާ ތަންތަނުން ޚިދުމަތް ކަނޑާލެވޭނެކަމަށް ވެސް ވަނީ އަންގާފައެވެ.

މިކަމާ ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުންވެސް ވަނީ އެ ސިޓީގެ އެއްވެސް ގޭބިސީއެއްގައި ފެނުގެ ކްރޮސް ކަނެކްޝަން ހަދާފައިވާނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެކަން އިސްލާޙުކުރުމަށް އަންގާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކ. ހުރާގެ ފެން، ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތާ ސްޓެލްކޯއިން ހަވާލުވެއްޖެޚަބަރު | 2 ދުވަސް ކުރިންމާލޭ ސަރަޙައްދާއި 11 އަތޮޅެއްގެ ސަރުކާރު ސްކޫލްތައް އޭސީކޮށް އަންނަ މަހު ނިންމާލަނީޚަބަރު | 16 ދުވަސް ކުރިންފެނަކަ ސައީދުގެ މައްސަލަ ހައިކޯޓުން ބަލައިގެންފިޚަބަރު | 2 މަސް ކުރިންސަމާލުވޭ! ފެނަކައިގެ ނަމުގައި ބިލުތަކުން ފައިސާ ދޭނެކަމަށް ބުނެ ޕޭޖެއް ހިންގަނީޚަބަރު | 3 މަސް ކުރިން