logo
MPL

MPL

ޚަބަރު

މި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހާސިލުކުރި ކާމިޔާބީތަކަށް ޤާސިމްގެ ތަޢުރީފު

އައިޝަތު ނަޝާ
17 ނޮވެމްބަރު 2025 - 15:05
މި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހާސިލުކުރި ކާމިޔާބީތަކަށް ޤާސިމްގެ ތަޢުރީފު

މި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހާސިލުކުރި ކާމިޔާބީތައް ފާހަގަ ކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ މާމަގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހަްމަދު މުއިއްޒު އަށް ތައުރީފު ކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވީ، ފާއިތުވި ދެ އަހަރު ދުވަހު ނުހަނު ގިނަ ގޮންޖެހުންތަކާއެކުވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކާއި، ތަރައްޤީގެ ނާރެހުގައި ޤައުމަށް މާނަހުރި ކުރިއެރުން ހޯއްދެވުމަށް ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަށް ތަޢުރީފު ހައްޤު ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

މީގެ އިތުރުން، އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ރައީސް އެޅުއްވި މުހިންމު ފިޔަވަޅުތަކުގެ ނަތީޖާ اللهގެ ރަޙްމަތާއެކު ކާމިޔާބުގެ މަގަށް ދަތުރުކުރާ ކަމަށް ޤާސިމް ފާހަގަކުރެއްވިއެވެ.

އަދި މިކުރު މުއްދަތުގައި ހާސިލް ކުރި ކާމިޔާބީތަކުން ދައްކުވައިދެނީ ރައީސް ޑރ. މުޢިއްޒުގެ ދުރުވިސްނުންފުޅާއި، ސަރުކާރުގެ އެޖެންޑާ ބައްޓަންކޮށް މަގުދައްކައިދިނުމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއްގެ ބުރަ މަސައްކަތާއި އިޚްލާސްތެރި އެއްބާރުލުންކަން ޔަޤީންކުރައްވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ރައީސްގެ އިރުޝާދުގެ ދަށުން ރައްޔިތުންނާއި ގާތުން ޚިދުމަތްކުރައްވާ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރީންނާއި، ބަދަހި ޕާލިމަންޓްރީ ގުރޫޕަށް މިއުފާވެރި މުނާސަބަތުގައި ސާބަސް ދެއްވާފައެވެ.

ޤާސިމް އިބްރާހީމްގެ ޕޯސްޓް ނިންމަވާލައްވަމުން ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި ބަރަކާތްލައްވައި، ފާގަތި މުސްތަޤްބަލެއް ދެއްވައި، މި ޤައުމަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން މިންވަރު ކުރެއްވުން އެދި ވަނީ ދުޢާކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ޕްރިމިއަރ ބޭންކްގެ ޑިޖިޓަލް މަންސަތައް އިފުތިތާޙުކޮށްދެއްވައިފިޚަބަރު | 18 ގަޑިއިރު ކުރިންއިންޑޮނޭޝިއާއަށް އައި ބިންހެލުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާ ޚަބަރު | 2 ދުވަސް ކުރިންއިނގިރޭސިވިލާތުގެ ސަފީރު ކަމަށް ޖަމީލާޚަބަރު | 2 ދުވަސް ކުރިންގައުމީ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަންނަވައިފިޚަބަރު | 3 ދުވަސް ކުރިން