logo
Bank of Maldives

Bank of Maldives

ޚަބަރު

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި

އާމިނަތު ޝަފާ
18 ނޮވެމްބަރު 2025 - 06:50
ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް އިން މާސްޓަރކާޑާ ގުޅިގެން ޔުއެފާ ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބީއެމްއެލް އީއެންވީ ޕީއޯއެސް އަދި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބީއެމްއެލް މާސްޓަރކާޑުގެ ޕާސަނަލް ކާޑުތަކުން ކުރާ ޓްރާންސެކްޝަންތައް މި ޕްރޮމޯޝަނުގައި ބައިވެރިކުރެވޭނެއެވެ.

މި ޕްރޮމޯޝަން ނިމުމުން މާސްޓަރކާޑުން ފޯރުކޮށްދޭ ހާއްސަ ފުރުސަތަކުން އަންނަ އަހަރު ޕެރިހުގައި ކުޅޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕީއެސްޖީ އަދި ނިއުކާސަލް ވާދަކުރާ މެޗު ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ 2 ނަސީބުވެރިން ހޮވާނެކަމަށް ބޭންކުން މައުލޫމާތުދެއެވެ.

ގްރޭންޑް ވިނަރ: ގްރޭންޑް ވިނަރގެ ގޮތުގައި ހޮވޭ ފަރާތަކަށް ހުރިހާ ހަރަދަކާއެކު ޕެރިހަށް 4 ދުވަހުގެ ދަތުރެއް ލިބޭނެއެވެ. އަދި އިތުރު ބައިވެރިއަކާއެކު މާލެ/ޕެރިސް ދެކޮޅު ޓިކެޓާއި ލަގްޒަރީ ހޮޓެލްއެއްގައި ހުރުމުގެ ފުރުސަތުގެ އިތުރުން ގައިޑެޑް ޓުއަރ އެއް ލިބޭނެއެވެ.

ދެވަނައަށް ހޮވޭ ފަރާތް: ދެވަނައަށް ހޮވޭ ނަސީބުވެރިއަކަށް ހުރިހާ ހަރަދަކާއެކު ޕެރިހަށް 3 ދުވަހުގެ ދަތުރެއް ލިބޭނެއެވެ. އަދި އިތުރު ބައިވެރިއަކާއެކު މާލެ/ޕެރިސް ދެކޮޅު ޓިކެޓާއި ލަގްޒަރީ ހޮޓެލްއެއްގައި ހުރުމުގެ ފުރުސަތު ލިބޭނެއެވެ.

މާސްޓަރކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރއެކެވެ. ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. އެގޮތުން ބީއެމްއެލްއިން މާސްޓަރކާޑު ޑެބިޓ،ް ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރެއެވެ. އަދި މާސްޓަރކާޑާ ގުޅިގެން މިފަދަ ޕްރޮމޯޝަންތަކުން ކަސްޓަމަރުންނަށް އަގުހުރި ތަޖުރިބާތައް ފޯރުކޮށްދެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި ޚަބަރު | 4 ގަޑިއިރު ކުރިންބީއެމްއެލް މެދުވެރިކޮށް 3000 ހައުސިން ޔުނިޓު އަޅަން ބިން ހަވާލުކޮށްފިޚަބަރު | 5 ދުވަސް ކުރިންބީއެމްއެލް އިން ޕޭއެމްވީ ކިއުއާރ ޓްރާންސްފަރ ޚިދުމަތް ފަށައިފިވިޔަފާރި | 7 ދުވަސް ކުރިންބީއެމްއެލްއިން ޓްރާންސެކްޝަންތަކަށް ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަދައިފިވިޔަފާރި | 7 ދުވަސް ކުރިން