logo
Bank of Maldives

Bank of Maldives

ޚަބަރު

ބީއެމްއެލްއިން ޢުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ އިންތިޒާމު ހަމަޖައްސައިފި

އިސްމާޢިލް ރާތިޢު
3 ފެބްރުއަރީ 2026 - 10:12
ބީއެމްއެލްއިން ޢުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ އިންތިޒާމު ހަމަޖައްސައިފި

ޢުމްރާ ގްރޫޕްތައް މެދުވެރިކޮށް ރަމަޟާން މަހު ދަތުރުކުރާ ޢުމްރާވެރިންނަށް ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ހާއްސަ އިންތިޒާމެއް މިއަހަރު ވެސް ބޭންކް އޮފް މޯލްޑިވްސްއިން ހަމަޖައްސައިފިއެވެ.

މިގޮތުން ޑޮލަރު ވިއްކުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އަމީނީމަގުގައި ހުންނަ ބީއެމްއެލް ކަސްޓަމަރ ސަރވިސް ސެންޓަރ ގްރައުންޑް ފްލޯއިންނެވެ. މި ޚިދުމަތް ލިބިގަތުމަށް ކަސްޓަމަރ ސަރވިސް ސެންޓަރުން ނަމްބަރު ނެގޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ މުއްދަތަކީ 8 އިން 26 ފެބްރުވަރީ 2026 ގެ ނިޔަލަށް ބޭންކު ހުޅުވާ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރު 12:30 އަށެވެ.

ޢުމްރާވެރިންނަށް ވީހާވެސް ފުރިހަމައަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ބޭނުންވާ ހިނދު، އަންނަނިވި ކަންތައްތަކަށް ކަސްޓަމަރުން ސަމާލުކަން ދިނުން އެދޭ ކަމަށް އެ ބޭންކުން ބުންޏެވެ.؛

ބޭންކުން ޑޮލަރު ވިއްކާނީ ޢުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ ޢުމްރާވެރިންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށެވެ. ޑޮލަރު ގަންނަ ވަގުތު ކޮންމެ ޢުމްރާވެރިއެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓްގެ އަސްލު ހުށަހަޅަންވާނެއެވެ.

ޢުމްރާވެރިއެއްގެ ބަދަލުގައި އެހެން ފަރާތަކުން ޑޮލަރު ގަންނަނަމަ، އެފަރާތެއްގެ އައިޑީ ކާޑުގެ އަސްލު ވެސް ހުށަހަޅަންވާނެއެވެ. ކޮންމެ ޢުމްރާވެރިއަކަށްވެސް ގިނަވެގެން ވިއްކާނީ 500 ޑޮލަރެވެ.

ކޮންމެ އުމްރާވެރިއަކަށްވެސް ޖުމްލަ 5 ޢުމްރާވެރިންނަށް ޑޮލަރު ގަނެވޭނެއެވެ. ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނީ ބީއެމްއެލް ޑެބިޓް ކާޑަކުންނެވެ.

އެހެނިހެން ޢުމްރާވެރިންނަށް ޔޫއެސްޑީ ބުކިންގ ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުޢާމަލާތް ފުރިހަމަކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ހޯލުން ޑޮލަރު ނެގޭނެއެވެ.

މަތީގައި ބަޔާންކޮށްފައިވާ ދުވަސްތަކުގައި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް، މެއިން ބްރާންޗް، ހުޅުމާލެ ބްރާންޗް އަދި ވިލިމާލެ ބްރާންޗުން ޢުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް މެދުކަނޑާލެވޭނެއެވެ. ނަމަވެސް، އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ  ބްރާންޗްތަކުން ޑޮލަރު ގަތުމުގެ ޚިދުމަތް ލިބޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒަރޫރީ ބޭނުންތަކަށް ބޭރު ފައިސާ އިގްތިސާދު ކުރުމަށް ފިޔަވަޅުތައް އަޅަން ބޭންކަށް މަޖުބޫރުވޭ: ބީއެމްއެލްވިޔަފާރި | 4 ގަޑިއިރު ކުރިންސްޕެޝަލް އޮލިމްޕިކްސް އެތުލީޓުންނަށް އިތުރު ފުރުޞަތު ފަހިކޮށްދިނުމަށް ބީއެމްއެލްއިން އެހީވަނީކުޅިވަރު | މަހެއް ކުރިންބޭންކް އޮފް މޯލްޑިވްސް އިން 6 ރަށެއްގައި އާ ބްރާންޗް ގާއިމުކޮށްފިވިޔަފާރި | މަހެއް ކުރިންބީއެމްއެލް އިން މިދިޔަ އަހަރު ދުވާލަކަށް 1.84 މިލިއަން ޑޮލަރު ދޫކުރިވިޔަފާރި | މަހެއް ކުރިން