logo
Bank of Maldives

Bank of Maldives

ވިޔަފާރި

ބީއެމްއެލް އިން މިދިޔަ އަހަރު ދުވާލަކަށް 1.84 މިލިއަން ޑޮލަރު ދޫކުރި

އިސްމާޢިލް ރާތިޢު
31 މާރިޗު 2026 - 05:19
ބީއެމްއެލް އިން މިދިޔަ އަހަރު ދުވާލަކަށް 1.84 މިލިއަން ޑޮލަރު ދޫކުރި

ބޭންކް އޮފް މޯލްޑިވްސްއިން މިދިޔަ އަހަރު ކަސްޓަމަރުންނަށް ދުވާލެއްގެ މައްޗަށް 1.84 މިލިއަން ޑޮލަރު ވިއްކާފައިވާކަމަށް އެ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ތެރޭގައި އެބޭންކުން ވަނީ ކަސްޓަމަރުންގެ އެކިއެކި ބޭނުންތަކަށް މުޅި ޖުމްލަ 672.5 މިލިއަން ޑޮލަރު ވިއްކާފައެވެ. މިއީ ދުވާލެއްގެ މައްޗަށް ބަލާއިރު 1.84 މިލިއަން ޑޮލަރެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %70 އިތުރު އަދަދެއްކެވެ.

2025 ވަނަ އަހަރު ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް ޖުމްލަ 175 މިލިއަން ޑޮލަރު ވިއްކާފައި ވެއެވެ. މީގެ ތެރެއިން 104 މިލިއަން ޑޮލަރު ވިއްކާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.

އާންމު ފަރުދުންގެ އެކިއެކި ބޭނުންތަކަށް، ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުތަކަށް ޖުމްލަ 390 މިލިއަން ޑޮލަރު މިދިޔަ އަހަރު ހަމަޖައްސައިދީފައި ވެއެވެ.

ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް 98.5 މިލިއަން ޑޮލަރު ވިއްކާފައިވާއިރު ޢުމްރާވެރިންނަށް 9 މިލިއަން ޑޮލަރު ވިއްކާފައިވާކަމަށް ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި ކުރިއެރުމާއެކު، ކަސްޓަމަރުންގެ ކާޑު ލިމިޓްތައް އިތުރުކޮށްދިނުމުގެ ފުރުސަތު ލިބި، ބޭރު ގައުމުތަކަށް ކުރާ ދަތުރުތަކާއި، ތައުލީމީ ބޭނުންތަކަށާއި، ޞިއްޙީ ފަރުވާ ހޯދުމާއި އަދި ވިޔަފާރީގެ ބޭނުންތަކަށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޑޮލަރުގެ އެހީތެރިކަން ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ބީއެމްއެލްއިން ފާހަގަކުރެއެވެ.

ޓީޓީގެ މުއާމަލާތްތަކަށް ބޭނުންވާ ޑޮލަރުގެ 50 އިންސައްތައާ ހަމައަށް ފޯރުކޮށްދޭން ބީއެމްއެލްއިން ފެށީވެސް މިދިޔަ އަހަރު ތެރޭގައެވެ. މިއީ 2024 ވަނަ އަހަރު ޑޮލަރު ސަޕޯޓް ދެމުން އައި 5 އިންސައްތަ އާއި 10 އިންސައްތައާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ބޭންކުން ފާހަގަކުރެއެވެ. މި ބަދަލާއެކު އަހަރު ނިމުނު އިރު، ޓީޓީތަކަށް ވިއްކާ ޑޮލަރުގެ އަދަދު ހަތަރު ގުނަ އިތުރުވެފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭންކް އޮފް މޯލްޑިވްސް އިން ފުވައްމުލައް ސިޓީ އެއާޕޯޓުގައި އައު އޭޓީއެމްއެއް ހުޅުވައިފިވިޔަފާރި | 8 ދުވަސް ކުރިންބޭންކް އޮފް މޯލްޑިވްސް އިން އޭ.އައި.ސީ.ބީ އާ ގުޅިގެން 30 މުވައްޒަފުންނާއެކު ޗާޓަރޑް ބޭންކަރ ޕްރޮގްރާމް ފަށައިފި             ވިޔަފާރި | މަހެއް ކުރިންފަތުރާ މަޢުލޫމާތުގެ ސައްހަކަމާއި އިތުބާރު ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް: ޝަރީފްޚަބަރު | މަހެއް ކުރިންޒަރޫރީ ބޭނުންތަކަށް ބޭރު ފައިސާ އިގްތިސާދު ކުރުމަށް ފިޔަވަޅުތައް އަޅަން ބޭންކަށް މަޖުބޫރުވޭ: ބީއެމްއެލްވިޔަފާރި | 2 މަސް ކުރިން