logo
MPL

MPL

ވިޔަފާރި

އަންނަ މަހު ބީއެމްއެލް ގޭޓްވޭއިން ޑޮލަރު ބަލައިގަނެ ފައިސާ ދެއްކޭނެ

އަޙުމަދު ރަމީޒު
26 އޮކްޓޯބަރު 2026 - 04:14
ބީއެމްއެލްގެ ބްރާންޗެއް
ބީއެމްއެލްގެ ބްރާންޗެއް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ވިއްކާ މުދަލާއި ދޭ ހިދުމަތްތަކަށް ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ފަރާތްތަކުން ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

ADS BY DHIRAAGU

Ad by Hajj Corporation

Ad by Hajj Corporation

ބީއެމްއެލް އިން ބުނި ގޮތުގައި މިއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަދި ބިޒްނަސް ސެންޓާ ކޯޕަރޭޝަން(ބީސީސީ) އާ ގުޅިގެން ފަހިކޮށްދޭ ފުރުސަތެކެވެ.

މި ހިދުމަތުގެ ދަށުން، ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ހިދުމަތް ދޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުގެ ފަރާތްތަކުން ފައިސާ ދެއްކުމުން، ޑޮލަރުން އެ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެ އެވެ.

ބީއެމްއެލް އިން ބުނީ މިނިސްޓްރީ އަދި ބީސީސީއާ ގުޅިގެން ނޮވެމްބަރު 1 އިން ފެށިގެން މި ހިދުމަތް ދޭން ފެށުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ބީއެމްއެލް އިން މިހެން ބުނެފައިވާއިރު ނޮވެމްބަރު 1 އިން ފެށިގެން ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބައިނަލްއަޤުވާމީ ބާޒާރުގައި މުދަލާއި ހިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނަށާއި ކުދި ވިޔަފާރިތަކަށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

"މޯލްޑިވްސް އެކްސްޕޯ 2026" އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ރާއްޖޭގެ އުފެއްދުންތެރިކަމާއި ކުދި ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ލިބިގަތުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަ ކުރައްވާފަ އެވެ.

އެހެންކަމުން އެ ހުރަސްތައް ނައްތާލުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީ އާއި ބީސީސީ އަދި ބީއެމްއެލް ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

މި އައު އިންތިޒާމުގެ ދަށުން، ދުނިޔޭގެ ކޮންމެ ތަނަކުންވެސް ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެއިތުރުން، އެގޮތަށް ޑޮލަރުން ލިބޭ ފައިސާ އެއްވެސް ދަތިކަމެއް ނެތި ކާޑު ބޭނުންކޮށްގެންނާއި ރެމިޓެންސް މެދުވެރިކޮށް ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތް ހޯދުމަށާއި، ވިޔަފާރިތަކުން ބޭނުންކުރާ ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމަށްވެސް ނޮވެމްބަރު 1 އިން ފެށިގެން މަގުފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ލުއިތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބި، އާމްދަނީ އިތުރުކުރުމަށް ހުރި ހުރަސްތައް ނެތިގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ވީހާވެސް ގިނަ ރައްޔިތުން އަމިއްލަ ވިޔަފާރިތައް ފަށައި، މާލީ ގޮތުން ބާރުވެރިވުމަށް މަގުފަހިކޮށްދިނުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ މަހު ބީއެމްއެލް ގޭޓްވޭއިން ޑޮލަރު ބަލައިގަނެ ފައިސާ ދެއްކޭނެވިޔަފާރި | 21 މިނިޓު ކުރިންވިޔަފާރިތަކަށް ބޮޑު ލުޔެއް: ބީއެމްއެލް ގޭޓްވޭއިން ޑޮލަރު ބަލައިގަނެ، ބޭރުގެ ޚިދުމަތްތަކަށް ފައިސާ ދެއްކޭ ގޮތް ހަދަނީޚަބަރު | ދުވަހެއް ކުރިންމި އަހަރުގެ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 5 ދުވަސް ކުރިންތާރީޚީ ކާމިޔާބީއެއް: ދުނިޔޭގެ އެންމެ ހިންގުންތެރި ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލްޚަބަރު | 13 ދުވަސް ކުރިން