logo
Bank of Maldives

Bank of Maldives

ވިޔަފާރި

ރާއްޖެ އިޝްތިހާރު ކުރުމަށް ވިލާތުގެ ޤައުމުތަކުގައި ޚާއްޞަ ރޯޑް ޝޯވއެއް ފަށައިފި

އައިޝަތު ނަޝާ
19 ނޮވެމްބަރު 2025 - 07:10
ރާއްޖެ އިޝްތިހާރު ކުރުމަށް ވިލާތުގެ ޤައުމުތަކުގައި ޚާއްޞަ ރޯޑް ޝޯވއެއް ފަށައިފި

ރާއްޖެ އިޝްތިހާރު ކުރުމަށް 'އައި އޭމް މޯލްޑިވްސް'ގެ ނަމުގައި ވިލާތުގެ ޤައުމުތަކުގައި ރޯޑް ޝޯވއެއް ފަށައިފިއެވެ.

މި ރޯޑް ޝޯވގައި ރާއްޖޭގެ ފަތުުރުވެރިކަމުގައި ހަރަކާތްތެރިވާ 26 ފަރާތަކުން ބައިވެރިވެފައިވެއެވެ.

މިއީ، ނޭޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެން.ޖީ.އެޗް.އޭ.އެމާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީ.އެމް.ސީއިން ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ރޯޑް ޝޯވއަކީ، ވިޔަފާރީގެ ގުޅުންތައް ވަރުގަދަކޮށް، ރާއްޖޭގެ މަޤްބޫލުކަން އިތުރުކޮށް، ޔޫރަޕުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމުގެ މަޤްސަދުގައި ކުރިޔަށްގެންދާ ރޯޑް ޝޯވއެކެވެ.

މީގެއިތުުރުން ރާއްޖެއާ ބެހޭ މަޢުލޫމާތުތައް ޙިއްސާ ކުރުމާއި، މާކެޓިންގ މަސައްކަތްތަކަށް ބޭނުންވާ ފަތުރުވެރިންގެ އިޚްތިޔާރުތަކާ ބެހޭ މަޢުލޫމާތު އެއްކުރުމަކީވެސް މި ރޯޑް ޝޯވ ބޭއްވުމުގެ ބޭނުމެއް ކަމަށް ވީ.އެމް.ސީއިން ވިދާޅުވެއެވެ.

'އައި އޭމް މޯލްޑިވްސް'ގެ ނަމުގައި ކުރިއަށް ގެންދާ މި ރޯޑް ޝޯވް ވިލާތުގެ ތިން މަންޒިލް ކަމަށްވާ، ޕޮލެންޑް، ރޮމޭނިއާ، އަދި ޗެކް ރިޕަބްލިކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެެެވެ. އެގޮތުން މިމަހުގެ 17 ވަނަ ދުވަހު ޕޮލެންޑުގެ ވެރިރަށް ވާރސޯގައި މި ރޯޑް ޝޯވ ކުރިއަށް ގެންގޮސްފައިވާއިރު، މިއަދު ރޮމޭނިއާގެ ބުކަރެސްޓްގައި ރޯޑް ޝޯވ ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންނަ ހުކުރު ދުވަހު ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގްގައިވެސް މި ރޯޑް ޝޯވ ކުރިއަށް ގެންދާނެ ކަމަށް ވީ.އެމް.ސީއިން ވިދާޅުވެއެވެ.

މި ރޯޑް ޝޯވގައި ޓްރެވަލް އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނާއި، މި ސިނާޢަތުގައި ހަރަކާތްތެރިވާ އެޖެންސީތަކާއި، ޓުއަރ އޮޕަރޭޓަރުންގެ އިތުރުން މީޑިއާވެސް ބައިވެރިވެއެވެ. އަދި ރިސޯޓުތަކާއި، ހޮޓެލްތަކާއި، ގެސްޓްހައުސްތަކާއި، ލައިވް ބޯޑުތަކާއި، ޓްރެވަލް އެޖެންސީތައް ހިމެނޭ ގޮތުން 26 ކުންފުނިން މި ރޯޑް ޝޯވގައި ބައިވެރިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވިލާތަކީ، ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރާތްކުރާ ސަރަހައްދެކެވެ. އެގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވިލާތުގެ ޤައުމުތަކުން 86,860 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މި އަދަދަކީ، 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ރެކޯޑު ކުރި 86,574 ފަތުރުވެރިންގެ އަދަދަށްވުރެ އިތުރު ޢަދަދެކެވެ.

ވިޒިޓް މޯލްޑިވްސްއާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް، މަޓާޓޯ އަދި އެން.އެޗް.އޭ އެމުން ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރާއިރު، މިއީ "އައި އޭމް މޯލްޑިވްސް" ބްރޭންޑުގެ ދަށުން ކުރިއަށް ގެންދާ ދެވަނަ ރޯޑް ޝޯވއެވެ. މިދިޔަ އަހަރު ޖޯޖިއާއާއި އަޒަރު ބައިޖާންގައިވެސް މީގެ ރޯޑް ޝޯވއެއް ވަނީ ބާއްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ އިޝްތިހާރު ކުރުމަށް ވިލާތުގެ ޤައުމުތަކުގައި ޚާއްޞަ ރޯޑް ޝޯވއެއް ފަށައިފިވިޔަފާރި | 3 ގަޑިއިރު ކުރިންވޯލްޑް ޓްރެވަލް މާކެޓް 2025 ގައި ރާއްޖެއިން ބައިވެރިވެއްޖެޚަބަރު | 14 ދުވަސް ކުރިންރާއްޖޭގެ ގްލޯބަލް އެމްބަސެޑަރުކަން ލިބުމުން ވަރަށް އުފާވޭ، ވަރަށް އަވަހަށް ރާއްޖެ ދާނަން: ކެޓްރީނާޚަބަރު | މަހެއް ކުރިންޓޫރިޒަމް ސިމްޕޯޒިއަމް 2025 ނިންމާލައިފި ޚަބަރު | 2 މަސް ކުރިން