logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްލާމީ ވުޒާރާއިން ޒުވާން ޚަޠީބުންނާއި ގުޅޭ ޑޮކިއުމެންޓްރީއެއް ނެރެފި

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ނޮވެމްބަރު 2025 - 11:18
އިސްލާމީ ވުޒާރާއިން ޒުވާން ޚަޠީބުންނާއި ގުޅޭ ޑޮކިއުމެންޓްރީއެއް ނެރެފި

 

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން، ރާއްޖޭގެ ރަށްރަށުގައި ހުރި ޚަޠީބުންގެ ދަތިކަމަށް މިސަރުކާރުގެ މަސައްކަތާއެކު ލިބުނު ހައްލާ ގުޅޭ ޚާއްސަ ޑޮކިއުމެންޓްރީއެއް ނެރެފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

'ރަށު ޚަޠީބުން' މި ނަމުގައި ނެރެފައިވާ މި ޑޮކިއުމެންޓްރީއަކީ، ވުޒާރާއިން މި ދައުރުގައި ކުރިއަށް ގެންދާ އެންމެ މުހިއްމު އެއް ޕްރޮގުރާމުކަމަށްވާ ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ކާމިޔާބީ ދައްކުވައިދޭ މަސައްކަތެކެވެ.

މި ޑޮކިއުމެންޓަރީގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޚަޠީބުންގެ ދަތިކަން އިންތިހާއަށް އޮތް އއ. ފެރިދޫއަށް، ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ސަބަބަުން މި މައްސަލައަށް ހައްލު ލިބިގެން ދިޔަ ގޮތުގެ މައްޗަށެވެ. މީގެ ކުރިން ފެރިދޫގައި ހުކުރު ކުރުވުމަށް ކައިރި ރަށްރަށުން ޚަޠީބުން ގެނައުމަށް އެރަށު ކައުންސިލުން ބޮޑު ޚަރަދަކާއި ބުރައެއް އުފުލަން ޖެހުނުއިރު، މި ޑޮކިއުމެންޓަރީން ދައްކުވައިދެނީ މި ދަތިކަމަށް ޒުވާން ޚަޠީބުން ޕްރޮގްރާމުގެ ސަބަބުން ލުއި ލިބުނު ގޮތެވެ.

ޑޮކިއުމެންޓަރީގައި ފެރިދޫ ކައުންސިލުން ވަނީ، މިކަމުގެ މަޢުލޫމާތު އިސްލާމީކަންތައްތަކާ ބެހޭ ވަޒީރަށް ހުށައެޅުއްވުމާއެކު ވުޒާރާއިން ފަހިކޮށްދެއްވި ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ސަބަބުން ލިބިގެންދިޔަ ލުއިފަސޭހަކަމުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ. މި ޕްރޮގްރާމުގެ ސަބަބުން ރަށުގެ ޒުވާނުންނަށް ހުކުރު ސަނަދު ހާސިލްކޮށް، ރަށުގެ ޚަޠީބުންގެ ދަތިކަން ނައްތާލުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށް ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން، އެރަށުން ހުކުރު ސަނަދު ހާސިލްކުރި ޒުވާން ޚަޠީބުންގެ އިންޓަވިއުއާއި ރަށުގެ ފާހަގަކޮށްލެވޭ އެކި ފަރާތްތަކުގެ އިންޓަވިޔުވެސް މި ޑޮކިއުމެންޓަރީގައި ހިމެނިފައިވެއެވެ. މި އިންޓަވިއުތަކުން ރަށުގެ މުޖުތަމަޢަށް މި ޕްރޮގްރާމުގެ ސަބަބުން ލިބުނު ފައިދާ ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ.

ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ކާމިޔާބީ

ޒުވާން ޚަޠީބުން ޕްރޮގުރާމަކީ ރާއްޖޭގެ އެކި ރަށްތަކަށް ޚަޠީބުންގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދިޔަ ޕްރޮގުރާމެކެވެ. މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި 503 ޒުވާން ޚަޠީބުން އުފައްދާފައިވާކަން ފާހަގަކޮށްލެވެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ގިނަ ރަށު މިސްކިތްތަކުގައި ހުކުރު ކުރުމުގެ ކަންކަން ވަނީ ފަސޭހަވެ، ދީނީ ޚިދުމަތްތައް ރައްޔިތުންނާ ގާތްކޮށްދެވިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއިން ޢުމްރާއަށްދާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފިޚަބަރު | 9 ދުވަސް ކުރިން"އިސްލާމްދީނުގައި އެކި މަރުޙަލާތަކުގައި ޖުވާ ވަނީ ނަޙީ ކުރައްވާފައި"ޚަބަރު | 12 ދުވަސް ކުރިންސައުދީން، ރާއްޖެއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފިޚަބަރު | 15 ދުވަސް ކުރިންސައުދީ ރަސްގެފާނުގެ ރޯދަވީއްލުމުގެ ހަރަކާތެއްރާއްޖޭގައި!ޚަބަރު | 17 ދުވަސް ކުރިން