logoEN
ޚަބަރު

ގަދަކަމުން ހިފަހައްޓައި އަންހެނަކަށް ޖިސްމާނީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ

20 ނޮވެމްބަރު 2025 - 03:30

މާލޭގެ މާފަންނުގައި ހުރި ގެއެއްގައި އުމުރުން 18 އަހަރުގެ އަންހެނަކު ހުއްދަނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި، 19 އަހަރުގެ ފިރިހެނަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ، އަހްމަދު އާހިލް މުނާޒް، ހ.ފޯސިޒަންގެ/މާލެ، ކޯޓު އަމުރަކަށް 15 ދުވަހަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ފުލުހުންނަށް މި މައްސަލަ ރިޕޯޓުކޮށްފައި ވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގެ 18:11 ގައެވެ.

ފުލުހުން މިއަދު ބުނީ، މާފަންނުގެ ގެއެއްގައި ހިނގި މި ހާދިސާއާ ގުޅިގެން 19 އަހަރުގެ އަހްމަދު އާހިލް މުނާޒް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކުރި ފަރާތުގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދެވުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder