logo
Bank of Maldives

Bank of Maldives

ޚަބަރު

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.8 ބިލިޔަން ރުފިޔާ

އާމިނަތު ޝަފާ
20 ނޮވެމްބަރު 2025 - 05:13
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.8 ބިލިޔަން ރުފިޔާ

މިއަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.8 ބިލިޔަން ރުފިޔާ ލިބިއްޖެއެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ 22 ހަފްތާގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި 1.8 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 978 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު 88.3 އިންސައްތަ އިތުރު އަދަދެކެވެ.

މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ދަޢުލަތަށް ލިބުނު އާމްދަނީއާއި އަޅާ ބަލާއިރު ދެގުނަ ބޮޑު އަދަދެކެވެ.

Ad by Hajj Corporation

Ad by Hajj Corporation


ގްރީން ޓެކްސް އަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކުހެކެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.

ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 6 ޑޮލަރެވެ. މި ޓެކުހުން އިސްތިސްނާ ވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއިން ސަރުކާރުން ދަނީ ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދު ކުރަމުންނެވެ. އެގޮތުން ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް، ފެނުގެ ނިޒާމް ޤާއިމްކުރުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިޔަ މަޝްރޫޢުތައް ހިންގުމުގެ ގާބިލްކަން އެމްއޭސީއެލްގައި އެބަހުރި: މާލީ ވަޒީރު ޚަބަރު | 4 ދުވަސް ކުރިންއާމްދަނީ އިތުރުވެ، ޕީއެސްއައިޕީ މަޝްރޫއުތަކުގެ އިންވެސްޓްމަންޓްތައް ހަރުދަނާވެއްޖެވިޔަފާރި | 13 ދުވަސް ކުރިންފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޖީ.އެސް.ޓީ. ރަނގަޅުވެ، އާމްދަނީއަށް ބޮޑު ކުރިއެރުމެއް ޚަބަރު | 24 ދުވަސް ކުރިންޖީ.އެސް.ޓީ އާއި އާމްދަނީއަށް ބޮޑު ކުރިއެރުމެއް, އެސް.ޑީ.އެފްއަށް ފައިސާ ޖަމާކުރުން އިތުރުވެއްޖެވިޔަފާރި | މަހެއް ކުރިން