logo
Bank of Maldives

Bank of Maldives

ޚަބަރު

ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް 25،500 މުސްޙަފް ހަދިޔާކުރައްވައިފި

އާމިނަތު ޝަފާ
20 ނޮވެމްބަރު 2025 - 11:47
ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް 25،500 މުސްޙަފް ހަދިޔާކުރައްވައިފި

ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް 25،500 މުސްޙަފް ހަދިޔާކުރައްވައިފިއެވެ.

މުސްޙަފްތައް ރަސްމީކޮށް ހަވާލުކުރެއްވުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލަންސީ ޔަޙްޔާ ޙަސަން އަލް ޤަޙްޠާނީ އާއި ސަޢުދީ އެމްބަސީގެ އިސްވެރިންނާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވެލައްވާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ސަޢުދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއާއި ދެމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި، ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާ ކުރައްވާފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ހުންނަވާ ސަޢުދީ ސަފީރު ހިޒް އެކްސެލަންސީ ޔަޙްޔާ ޙަސަން އަލް ޤަޙްޠާނީ އަދި އެމްބަސީގެ މުވައްޒަފުންނަށްވެސް ވަޒީރު ޝުކުރު އަދާކުރައްވާފައިވެއެވެ.

މިއަދު ހަދިޔާކުރެއްވި މުސްޙަފްތަކުގައި ބޮޑެތި މުސްޙަފްވެސް ހިމެނެއެވެ. މި މުސްޙަފްތައް ބެހުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ކުލާސްތަކަށާއި މިސްކިތްތަކަށާއި އިސްލާމީ މަރުކަޒުތަކަށެވެ.

މިއަހަރުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއިން ވަނީ ދިވެހިރާއްޖެއަށް 50،500 މުސްޙަފް ހަދިޔާކުރައްވާފައިކަން ފާހަގަކޮށްލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް 25،500 މުސްޙަފް ހަދިޔާކުރައްވައިފިޚަބަރު | 9 ގަޑިއިރު ކުރިން ދާރުއްސަލާމް ވަގްފު ޢިމާރާތުގެ މަސައްކަތް އާރުސީސީ އަށްޚަބަރު | 3 ދުވަސް ކުރިން36 ކައުންސިލަރަކު ޚަޠީބުކަމުގެ ތަމްރީން ފުރިހަމަކޮށްފިޚަބަރު | 5 ދުވަސް ކުރިންރޯދަމަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދަނީޚަބަރު | 10 ދުވަސް ކުރިން