logo
Bank of Maldives

Bank of Maldives

ޚަބަރު

އަހަރުމެންގެ ދަރީންނަކީ އަހަރުމެންގެ އުންމީދު؛ ގައުމުގެ "ހިތް": ރައީސް

އިސްމާޢިލް ރާތިޢު
20 ނޮވެމްބަރު 2025 - 13:19
އަހަރުމެންގެ ދަރީންނަކީ އަހަރުމެންގެ އުންމީދު؛ ގައުމުގެ "ހިތް": ރައީސް

އަހަރުމެންގެ ދަރީންނަކީ އަހަރުމެންގެ އުންމީދު ކަމަށާއި އެއީ ގައުމުގެ "ހިތް" ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހި ކޮންމެ ދަރިއަކަށް އަމާން، ޤަދަރުވެރި އަދި ފުރުސަތުތައް ފަހިވެފައިވާ މުސްތަގުބަލެއް ހޯދައިދިނުމަށް އެންމެން އެކަތިގަނޑަކަށް ވާންޖެހޭ ކަމަށެވެ. އަދި އަހަރުމެންގެ ދަރީންނަކީ އަހަރުމެންގެ ދަރީންނަކީ އަހަރުމެންގެ އުންމީދު ކަމަށާއި އެއީ ގައުމުގެ "ހިތް" ކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. އަދި އެއީ ތަރައްގީވެފައިވާ ރާއްޖެއެއްގެ ބިންގާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސްގެ ޕޯސްޓުގައި އިތުރަށް ވަނީ މި ބިންގާ ފުރިހަމައަށް އެޅި، ކުރިއަރާދާނެކަން ކަށަވަރުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ގޮވާލައްވާފައެވެ.

ރައީސްގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ ދުވަހާ ގުޅުވައިގެން ޕޯސްޓެއް ކުރައްވާފައެވެ. އެކަމަނާގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަސް ބުނެދެނީ ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ އަޑު، އެހެން މީހުނާ ހަމައަށް ފޯރުމުގެ ހައްގު ލިބިފައިވާ ކުއްޖެއްކަން ކަމަށެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ކޮންމެ ދުވަހަކުވެސް އެގައުމެއްގެ ކުޑަކުދީންގެ ހުވަފެންތަކާއި ޚިޔާލުތަކާއި ހިތްވަރު ފެންނަމުންދާ ކަމަށް އެކަމަނާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. އަދި އެކުދިންގެ ހައްގުތައް ހިމާޔަތްކުރެވިފައިވާ، އަދި އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ މުޖުތަމަޢެއް ބިނާކުރުމަކީ އަހަރުމެން އެންމެންގެ ޒިންމާއެއް ކަމަށް ރައީސްގެ އަނބިކަނބަލުން ވިދާޅުވެފައިވެއެވެ. އަދި އެކުދިންގެ މުސްތަގުބަލަކީ އުފާވެރި، ފުރުސަތުތައް ފަހިވެފައިވާ މުސްތަގުބަލަކަށް ހެދުމަށް ކެނޑިނޭޅި މަސައްކަތްކުރަން ޖެހޭނެ ކަމަށް އެކަމަނާ ވިދާޅުވެފައިވެއެވެ.

މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ، "އަހަރެންގެ ދުވަސް، އަހަރެންގެ ހައްގުތައް" މިއެވެ. މި ޝިއާރަކީ، ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރެވޭ މިންވަރު އިތުރުކޮށް، އެކުދިންގެ ހައްގުތަކަކީވެސް ކަށަވަރުވުން މަޖުބޫރު ހައްގުތަކެއްކަން ބުނެދިނުމަށް ޔުނިސެފުން ކަނޑައަޅާފައިވާ ޝިޢާރެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ މުސްތަގުބަލަށްޓަކައި ރައީސް ކުރަށްވާ އިސްލާމީ ޚިދުމަތަކީ ހިތްމަތެރި މަސައްކަތްޕުޅެއް: ޝަހީމްޚަބަރު | 6 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، މާލޭ "ޒުވާނުންގެ ވެހި" ރަސްމީކޮށް ހުޅުއްވައިދެއްވައިފިޚަބަރު | 7 ގަޑިއިރު ކުރިންއަހަރުމެންގެ ދަރީންނަކީ އަހަރުމެންގެ އުންމީދު؛ ގައުމުގެ "ހިތް": ރައީސްޚަބަރު | 7 ގަޑިއިރު ކުރިން'ދާރުލްއަރްޤަމް' ވަޤްފު ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވައިފިޚަބަރު | 11 ގަޑިއިރު ކުރިން