logo
Bank of Maldives

Bank of Maldives

ޚަބަރު

"އަތުކުރި އޮޅާލަމާ" ކެމްޕޭނުން ލޭ ބޭނުންވާ އެތައް ފުރާނައަކަށް އުންމީދު

މުހައްމަދު މޫސާމުހައްމަދު މޫސާ
21 ނޮވެމްބަރު 2025 - 01:34
"އަތުކުރި އޮޅާލަމާ" ކެމްޕޭނުން ލޭ ބޭނުންވާ އެތައް ފުރާނައަކަށް އުންމީދު

ދިވެހިރާއްޖޭގައި ލޭ ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ރަނގަޅު މަގު ފަހިކޮށްދިނުމަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބެޗްލާސް އޮފް އާރޓްސް ދަރިވަރުން އިސްނަގައިގެން ވަނީ ވަރަށް މުހިންމު ކެމްޕޭނެއް ފަށާފައެވެ. އެއީ "އަތުކުރި އޮޅާލަމާ" ކެމްޕޭނެވެ. މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ ދަރުމައަށް ލޭ ހަދިޔާކުރާ މީހުންގެ ނިސްބަތް އިތުރުކޮށް، ޤައުމީ ފެންވަރުގައި ލޭގެ ޚިދުމަތްތައް ހަރުދަނާކުރުމެވެ.

ކެމްޕޭނުގެ މަޤްޞަދާއި މާނަ

Ad by Hajj Corporation

Ad by Hajj Corporation

"އަތުކުރި އޮޅާލަމާ" މި ނަމަކީ ވަރަށް ޚާއްސަ މާނައެއް ދޭހަކޮށްދޭ ނަމެކެވެ. ކެމްޕޭނުގެ ޓީމުން ބުނާގޮތުގައި، މި ނަމުން ދޭހަކޮށްދެނީ ލޭ ދިނުމަށް އެންމެން އެއްބައިވެ، ގުޅިގެން އަތުކުރި އޮޅާލާ، އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމަށެވެ. މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ޤައުމުގައި އޮތް ޞިއްޙީ މިފަދަ ކަމެއްގައި އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރުމާއި، ލޭ ދިނުމަށް ޞިއްޙަތު ރަނގަޅު ޖީލެއް ބިނާކުރުމަށް ހޭލުންތެރިކުރުން ހިމެނެއެވެ. މީގެ އިތުރުން މުޖުތަމަޢުގައި ލޭ ހަދިޔާކުރުމުގެ މުހިންމުކަން އޮތް މިންވަރާއި، ޞިއްޙީ ގޮތުން މިކަމުގައި ހުރި ފައިދާތަކަށް މީހުން ހޭލުންތެރިކުރުވުން ވެސް މީގެ ޢަމާޒެކެވެ.

ލޭގެ ޑިމާންޑާއި ޙާލަތު

ދިވެހިރާއްޖެއަކީ އާބާދީގެ ނިސްބަތުން ތެލަސީމިއާ ބަލީގެ މީހުން އެންމެ ގިނަ އެއް ޤައުމެވެ. މިވަގުތުވެސް ގަވާއިދުން ލޭ އަޅަންޖެހޭ 650 މީހުން ރާއްޖޭގައި އެބަތިއްބެވެ. ހަމައެކަނި ތެލަސީމިއާ ކުދިންނަށް މަހެއްގެ މައްޗަށް 900އަށްވުރެ ގިނަ ޕައިންޓްގެ ލޭ ބޭނުންވެއެވެ. އަދި އެހެނިހެން ބަލިތަކާއި އޮޕަރޭޝަންތަކަށް 1400އެއްހާ ޕައިންޓް ލޭ ބޭނުންވެއެވެ. މި ޢަދަދުތަކުން ހާމަކޮށްދެނީ ލޭގެ ޑިމާންޑް ބޮޑުކަމެވެ. ނަމަވެސް ލޭ ބޭނުންވާ ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކީ ބޭނުންވާ ވަގުތު ލޭ ހޯދުމަށް ދަތިވުމެވެ.

ދަރުމައަށް ލޭ ހަދިޔާކުރާ މީހުންގެ ނިސްބަތް މަދު، މުހިންމު އިސްނެގުމެއް

ރާއްޖޭގައި ދަރުމައަށް އެދިގެން، ނުވަތަ އަމިއްލަ އިސްނެގުމުގައި ލޭ ހަދިޔާކުރާ މީހުންގެ ނިސްބަތަކީ ވަރަށް ބޮޑުތަނުން މަދު ނިސްބަތެކެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި ނިސްބަތަކީ އެންމެ 5% އެވެ. ދެން ތިބޭ މީހުންނަކީ ބަލި ޙާލަތާ ގުޅިގެން ޕޭޝަންޓުން އަމިއްލައަށް ހޯދާ ޑޯނަރުންނެވެ. މި ޙާލަތު ބަދަލުކޮށް، މުޖުތަމަޢުގައި ލޭ ދިނުމާއި ގުޅޭގޮތުން އޮތް ވިސްނުން ބަދަލުކޮށް، އަމިއްލައަށް އެދިގެން މިކަމަށް ވީހާވެސް ގިނަ މީހުން ނިކުތުމަކީ "އަތުކުރި އޮޅާލަމާ" ކެމްޕޭނުގެ މައިގަނޑު ޢަމާޒެވެ. މި ކެމްޕޭނުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ސަބަބުން، ލޭ ބޭނުންވާ އެތައް ފުރާނައަކަށް އުންމީދުގެ އަލިކަން ލިބިގެންދާނެކަމަށް ބެލެވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އަތުކުރި އޮޅާލަމާ" ކެމްޕޭނުން ލޭ ބޭނުންވާ އެތައް ފުރާނައަކަށް އުންމީދުޚަބަރު | 2 ގަޑިއިރު ކުރިންޙިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމުގެ ޑިޕްލޮމާ ކޯހެއް ފަރުމާކުރަނީ ޚަބަރު | 3 ދުވަސް ކުރިންޢިލްމީ ދިރާސާ ކުރުމަށް އެހީތެރިކަންދިނުމަށް ތިން މުއައްސަސާއަކަށް ގްރާންޓް ދީފިޚަބަރު | 23 ދުވަސް ކުރިންނައިފަރުގައި އެމްއެންޔޫގެ ކެމްޕަހެއް އަޅަން ހަވާލުކޮށްފިޚަބަރު | 24 ދުވަސް ކުރިން