logo
Bank of Maldives

Bank of Maldives

ޚަބަރު

މުސްލިމަކަށްވުމަށް ފަހު އޭނާގެ އިސްލާމްކަން ދައްކުވައިދޭ މައިގަނޑު ކަމަކީ ނަމާދު: ހުތުބާ

މުހައްމަދު މޫސާމުހައްމަދު މޫސާ
21 ނޮވެމްބަރު 2025 - 10:07
''މުސްލިމަކަށްވުމަށް ފަހު އޭނާގެ އިސްލާމްކަން ދައްކުވައިދޭ މައިގަނޑު ކަމަކީ ނަމާދު''

މުސްލިމަކަށްވުމަށް ފަހު އޭނާގެ އިސްލާމްކަން ދައްކުވައިދޭ މައިގަނޑު ކަމަކީ ނަމާދުކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ނަމާދު އެޅުމުގެ ނުރައްކާތެރިކަމުގެ މައްޗަށް އަލިއަޅުވާލައި މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ގެނެސްދިން ހުތުބާގައި ބުނީ  މުސްލިމަކަށްވުމަށް ފަހު އޭނާގެ އިސްލާމްކަން ދައްކުވައިދޭ މައިގަނޑު ކަމަކީ ނަމާދު ކަމަށެވެ. ނަމާދު އެޅުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުވާލައި، މި ހުތުބާގައި ވަނީ ނަމާދަށް ފަރުވާތެރިވުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

ހުތުބާގައި ބުނެފައިވާ ގޮތުގައި، ނަމާދަށް ފަރުވާތެރިވުމާއި ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ތިމާގެ އިސްލާމްވަންތަކަން ދައްކުވައިދޭ ރަމްޒެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމާދަކީ އަމާންކަމާއި ރައްކާތެރިކަން އަޅާއަށް ކަށަވަރުކޮށްދޭ އަޅުކަމެއް ކަމަށް ހުތުބާގައި ފާހަގަކުރިއެވެ. މީގެ އިތުރުން، ކާމިޔާބާއި ނަޞްރު ލިބުމަށް މަގު ފަހިކޮށްދޭ އަޅުކަމެއް ކަމަށާއި، ޢިއްފަތްތެރިކަމުގައި ދެމިހުރުމަށް ބާރެއް ކަމުގައިވެސް ބުނެފައިވެއެވެ. އިޖުތިމާޢީ ގޮތުން ތަރުބިޔަތު ލިއްބައިދޭ ކަމެއް ކަމަށާއި، މުންކަރާތްތަކާ ދުރުކޮށްދޭ ވަސީލަތެއް ކަމުގައިވެސް ނަމާދު ސިފަކޮށްފައިވެއެވެ.

ނަމާދަކީ ގަދަވެ ހެޔޮ ޙާލުގައްޔާއި ބަލި ޙާލުގައި އޮންނަ އިރުގައްޔާއި، ރަށުގައި ޤާއިމުވެ ހުންނަ އިރާއި ދަތުރުމަތީގައި އުޅޭ އިރު ވެސް ކުރުމަށް އަންގަވައިފައިވާ އަޅުކަމެކެވެ. މީގެ އިތުރުން، ހަނގުރާމައިގެ ޙާލަތުގައި ވެސް ދޫކޮށްނުލުމަށް އަންގަވައިފައިވާ އަޅުކަމެއް ކަމުން، ނަމާދުގެ މުހިންމުކަން ހާމަވެއެވެ.

އިސްލާމްދީނުގައި ނަމާދަށް މިހާ މަތިވެރި މަޤާމެއް ދީފައިވާ އިރު، ނަމާދުތަކަށް ފަރުވާކުޑަކުރުމާއި ނަމާދު އެޅުމުން ދުރުހެލިވުމަކީ އަހަރެމެން ކޮންމެ މުސްލިމަކު އޭނާގެ ދުވަހީ ތާވަލު އެކުލަވައިލާ އިރު ސަމާލުވާން ޖެހޭނޭ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ނަމާދު އެޅުމަކީ ތިމާގެ އިސްލާމްކަމާއި ކާފިރުކަމާ ދެމެދު ވަކިކޮށްދޭ އިން ކަމުގައި ސުންނަތުގައި އަންގަވައިފައިވާކަންވެސް ހުތުބާގައި ފާހަގަކުރިއެވެ.

ނަމާދު އެޅުމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނޭ ކަމެއް ނޫންކަން މި ސަބަބުތަކާ ގުޅިގެން ހާމަވެއެވެ. ހުތުބާގައި އިޝާރާތްކުރި ގޮތުގައި، އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ހަމައެކަނި ރަމަޟާން މަހު ބަރާބަރަށް ނަމާދުކުރާ މީހުންނެވެ. އަދި އަނެއްބައި މީހުންނަކީ ހަފުތާގެ ހުކުރުދުވަހު ކުރެވޭ ހުކުރު ނަމާދަށް އެކަނި ޙާޒިރުވާ މީހުންނެވެ. އަނެއް ބަޔަކީ ކޮންމެ ދުވަހަކު ކުރުމަށް ފަރުޟު ކުރައްވައިފައިވާ ނަމާދުތަކުގެ ތެރެއިން ބައެއް ނަމާދުތައްކޮށް އަނެއް ބައި ނަމާދުތައް ނުކުރާ މީހުންނެވެ. މިއިން އެއްވެސް ބަޔަކު ނަމާދުތަކަށް ފަރުވާކުޑަކޮށްލައިފައި ވަނީ ނަމާދަށް އިންކާރުކުރާ ޙާލުގައި ނޫންކަމުގައިވީ ނަމަވެސް، އިސްވެދިޔަ ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި އެއީ ނުހަނު ފާފަވެރިވާނޭ ކަމެކެވެ.

ވީއިރު، ކޮންމެ މުސްލިމަކު ވެސް އޭނާގެ ނަފުސު ހިސާބުކޮށް ނަފުސަށް ގެންނާން ޖެހޭ ބަދަލުތަކާ މެދު ވިސްނުން އަވަސްކުރާން ޖެހެއެވެ. މަރު އައިސް ތިމާއާ ބައްދަލުކުރާނީ ކޮން އިރަކުކަމެއް އެއްވެސް މަޚުލޫޤަކަށް ނޭނގޭނެއެވެ. ނަމާދު އެޅުމަކީ އެ ކަމުގެ ޢުޤޫބާތުގެ ބޮޑުކަމާއި އެ ކަމުގެ ފާފައިގެ ބޮޑުކަން އަންގަވައިފައިވާ ކަމެކެވެ. އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް ﷲ تَعَالَىގެ ކޯފާ އަންނާނެކަމެއްކަން ދަންނާން ޖެހޭނެ ކަމަށް ހުތުބާގައި އިރުޝާދު ދެއްވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''މުސްލިމަކަށްވުމަށް ފަހު އޭނާގެ އިސްލާމްކަން ދައްކުވައިދޭ މައިގަނޑު ކަމަކީ ނަމާދު''ޚަބަރު | 9 މިނިޓު ކުރިންއިސްލާމީ ވުޒާރާއިން ޒުވާން ޚަޠީބުންނާއި ގުޅޭ ޑޮކިއުމެންޓްރީއެއް ނެރެފިޚަބަރު | 2 ދުވަސް ކުރިންމިއަންނަ ހައްޖުން ފެށިގެން ހައްޖުވެރިންގެ ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުން ހައްޖު މިނިސްޓްރީގެ ބެލުމުގެދަށަށްޚަބަރު | 9 ދުވަސް ކުރިންއައްޑޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 16 ދުވަސް ކުރިން