logo
Bank of Maldives

Bank of Maldives

ޚަބަރު

ވޭމަންޑޫގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ނޮވެމްބަރު 2025 - 01:51
ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ވޭމަންޑޫ   އައުޓްރީޗް ސެންޓަރު ހުޅުވައިފި

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ތ. ވޭމަންޑޫގައި ހުކުރު ދުވަހު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ސެންޓަރު ހުޅުވައިދެއްވީ، މަރުކަޒު ބެލެހެއްޓުމާ ހަވާލުވެހުރި ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާންއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެއްގެ ދަށުން ޢަމަލީކުރެވުނު މުހިންމު މަސައްކަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް މުޢިއްޒު ވަނީ ނޮވެންބަރު މަހުގެ ތެރޭގައި ތ. ވޭމަންޑޫއަށް ކުރެއްވި ދަތުރުފުޅެއްގައި، އެރަށުގައި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. މި ސެންޓަރުތަކުގެ މަޤްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކީރިތި ޤުރްއާން ކިޔެވުމުގެ ފުރުސަތުތައް ފުޅާކޮށް، ދީނީ ތަޢުލީމަށް ހިތްވަރުދިނުމެވެ.

ވޭމަންޑޫ އައުޓްރީޗް ސެންޓަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒު ބެލެހެއްޓުމާ ހަވާލުވެހުރި، ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާންގެ އިތުރުން، ތ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުالله ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ތ. ވޭމަންޑޫ އައުޓްރީޗް ސެންޓަރުގައި ކިޔެވުމަށް ޚާއްސަކުރެވިފައިވާ ދެ ކްލާސް ރޫމާއި، މުވައްޒަފުންނަށް ބޭނުންވާ އޮފީސް ބައެއް ހިމެނެއެވެ. މި ސެންޓަރުގެ ސަބަބުން ވޭމަންޑޫގެ އިތުރުން އެއަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ވެސް ކީރިތި ޤުރްއާން ކިޔެވުމުގެ ފުރުސަތުތައް ފަހިވެ، ޤުރްއާނުގެ ޢިލްމު އުނގެނުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިފަދަ މަރުކަޒުތައް ހުޅުވުމަކީ ދީނީ ތަޢުލީމު ރަށްރަށަށް ފޯރުކޮށްދިނުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއިން ޢުމްރާއަށްދާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފިޚަބަރު | 9 ދުވަސް ކުރިން"އިސްލާމްދީނުގައި އެކި މަރުޙަލާތަކުގައި ޖުވާ ވަނީ ނަޙީ ކުރައްވާފައި"ޚަބަރު | 12 ދުވަސް ކުރިންސައުދީން، ރާއްޖެއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފިޚަބަރު | 15 ދުވަސް ކުރިންސައުދީ ރަސްގެފާނުގެ ރޯދަވީއްލުމުގެ ހަރަކާތެއްރާއްޖޭގައި!ޚަބަރު | 17 ދުވަސް ކުރިން