logo
Bank of Maldives

Bank of Maldives

ދުނިޔެ

ޔަހޫދީ ސިފައިން، ވެސްޓު ބޭންކުގައި ފަލަސްޠީނުގެ ދެ ޒުވާނުން ޝަހީދުކޮށްލައިފި

އިސްމާޢިލް ރާތިޢު
22 ނޮވެމްބަރު 2025 - 05:27
ފޮޓޯ: ރޮއިޓަރސް
ފޮޓޯ: ރޮއިޓަރސް

ޔަހޫދީން ހިފާފައިވާ ވެސްޓް ބޭންކުގެ ރަމަލާ ކައިރީގައި އޮންނަ ސަހަރަކަށް ޔަހޫދީ ސިފައިން ވަދެގަނެ، ފަލަސްޠީނުގެ ދެ ޒުވާނުން ޝަހީދުކޮށްލައިފިއެވެ.

16 އަހަރާއި 18 އަހަރުގެ މި ދެ ޒުވާނުން ޝަހީދުވެފައިވަނީ ގަޔަށް ބަޑިޖެހުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

Screenshot 2025-11-22 103457.png

ފޮޓޯ: ރޮއިޓަރސް

ފަލަސްޠީނުގެ "ވަފާ" ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔަހޫދީ ސިފައިން ވަނީ ރޭގެ ވަގުތެއްގައި އެ ސަހަރަށް ވަދެގަނެ، މަގުތައް މައްޗަށާއި އިމާރާތްތަކުގެ މައްޗަށް ސިފައިން ފޮނުވާ، މުޅި ސަހަރަށް ބަޑިޖަހާފައެވެ.

މިކަމާ ގުޅިގެން ޔަހޫދީން ބުނެފައިވަނީ އެމީހުން ރޭ ހިންގި އޮޕަރޭޝަނެއްގައި ނުރައްކަލަކަށް ވެދާނެ ކަމަށް ބެލެވުނު ހަތަރު މީހެއް ގަޔަށް ބަޑިޖަހާފައިވާނެ ކަމަށާއި އެ ހަތަރު މީހުންވެސް ވަނީ މެޑިކަލް ޓީމުތަކުން އެސަރަހައްދުން ގެންގޮސްފައި ކަމަށެވެ. އަދި މި އޮޕަރޭޝަނަކީ "ސަލާމަތީ ބާރުތަކަށް ގެއްލުންދީ ހަމަނުޖެހުން އުފައްދަން އުޅުނު ބަޔަކަށް އަމާޒުކޮށްގެން ހިންގުނު އޮޕަރޭޝަނެއް" ކަމަށާއި މި އޮޕަރޭޝަނުގެ ތެރެއިން ގަލާއި ބަޑިބޭސް ބޭނުންކޮށްގެން ޔަހޫދީ ސިފައިންނަށް ހަމަލާދީފައިވާ ކަމަށްވެސް ޔަހޫދީން ބުނެއެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު އެކުލަވާލެވުނު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާއެކު ހަމާސްއާއި ޔަހޫދީންނާ ދެމެދު ކުރެވެމުންދިޔަ ހަނގުރާމަ މަޑުޖެހިފައިވީނަމަވެސް އެއަށްފަހު ވެސްޓްބޭންކް ސަރަހައްދުގައި ހަމަނުޖެހުން އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުން ދިން ހަމަލާއެއްގައި އަލްޖަޒީރާގެ ނޫސްވެރިޔާ މުހައްމަދު ވިޝާހް ޝަހީދުކޮށްލައިފިދުނިޔެ | 5 މަސް ކުރިންއިޒްރޭލުން ކުރަމުންދާ ހަނގުރާމަތަކުގެ ޚަރަދު 15 ބިލިއަން ޑޮލަރަށް އަރައިފިދުނިޔެ | 5 މަސް ކުރިންއިސްރާއީލުން ފާސްކުރި މަރުގެ އަދަބުގެ ގާނޫނު ތަންފީޒުކުރުމަކީ ހަނގުރާމައިގެ ކުށެއް: އދ.ދުނިޔެ | 5 މަސް ކުރިންއިސްރާއީލުން ފަލަސްތީނުގައި ހިންގަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލުތަކެއް: ޑރ. ޚަލީލުޚަބަރު | 6 މަސް ކުރިން