logo
Bank of Maldives

Bank of Maldives

ދުނިޔެ

ފަލަސްޠީނުގައި ފިނިބޮޑުވެގެން ތުއްތު ކުއްޖަކު މަރުވެއްޖެ، ޔަހޫދީން އަދިވެސް ތިބީ އެހީ ހިފަހައްޓައިގެން

އިސްމާޢިލް ރާތިޢު
17 ޑިސެމްބަރު 2025 - 12:21
ފަލަސްޠީނުގައި ފިނިބޮޑުވެގެން ތުއްތު ކުއްޖަކު މަރުވެއްޖެ، ޔަހޫދީން އަދިވެސް ތިބީ އެހީ ހިފަހައްޓައިގެން

ފަލަސްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފަތިބި މީހުންނަށް އެހީވުމަށް އެތެރެވާން މަސައްކަތްކުރާ އެންމެންނަށް ޔަހޫދީން ހުރަސްއަޅައިގެން ތިއްބައި، އެޤައުމުގައި ފިނިބޮޑުވުމުގެ ސަބަބުން ތުއްތު ކުއްޖަކު މަރުވެއްޖެއެވެ.

ފަލަސްޠީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެންމެ ދެ ހަފްތާގެ އެކުއްޖާ މަރުވެފައިވަނީ މާބޮޑަށް ފިނިގަދަވުމުގެ ސަބަބުން ފަރުވާހޯދަން ފެށިތާ އެއްދުވަސްތެރޭ ކަމަށެވެ. އެކުއްޖާ މަރުވެފައިވަނީ، ޣައްޒާގައި އެންމެ ޒަރޫރީ ބޭނުންތަކަށް ފަހިވާނެ ހުރިހާ ދޮރެއް ޔަހޫދީން ބަންދުޮށްފައިވާ ދަނޑިވަޅެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޣައްޒާގައި ހުންނަ އަލްޖަޒީރާގެ ރިޕޯޓަރާ ހަވާލާދީ އެނޫހުގައި ބުނެފައިވާގޮތުން ޣައްޒާގެ އާއިލާތައް މިވަގުތު ދިރިއުޅެމުންދަނީ ހޫނުކުރާނެ ގޮތެއް، ކަރަންޓެއް އަދި އެކަށީގެންވާ އަންނައުނެއްވެސް ނެތި، ތެތްވެފައިވާ ބިންގަނޑުގައި ޓެންޓު ޖަހައިގެންނެވެ.

މީގެ ދެ އަހަރު ކުރިން، ޔަހޫދީން ޣައްޒާއަށް ދެމުން އައި ހަމަލާތައް ވަރުގަދަކުރިފަހުން އެތައްހާސް އާއިލާއެއްގެ ގެދޮރު ގެއްލި، ޓެންޓުތަކުގައި ނުވަތަ ފުރި ބާރުވެފައިވާ ވަގުތީ ހިޔާތަކަށް ދިރިއުޅުން ބަދަލުކުރަން ޖެހިފައިވެއެވެ. މި ހަމަލާތަކުގައި ޣައްޒާގެ 80 އިންސައްތަ އިމާރާތްތައް ވަނީ ބިމާހަމަވެފައެވެ.

މީގެ އިތުުރުން މިދިޔަ ހަފްތާގެ ފަހުކޮޅު، ޣައްޒާއަށް ބޯކޮށް ވާރެވެހުމުގެ އިތުރުން ވައިގަދަވުމުގެ ސަބަބުން ޓެންޓުތަކުގައި ފެންބޮޑުވެ، ޔަހޫދީންގެ ހަމަލާތަކުގައި ގެއްލުންވެފައިހުރި އެތައް އިމާރާތެއް އެއްކޮށް ރޫޅިގެން ވެއްޓިފައިވެއެވެ. މި ވިއްސާރައިގައި ގެއްލުން ލިބުނު ޓެންޓެއްގައި ދިރިއުޅެމުން އަންނަ މީހުންނަށް ބޭނުންވާވަރަށް އަންނައުނުވެސް ނެތްކަމަށާއި އެ ޓެންޓުތަކަކީ ފިނިމޫސުމަށް އެކަށީގެންވާ ޓެންޓުތަކެއް ނޫންކަމަށް އެތަންތަނުގައި ދިރިއުޅޭ މީހުންނާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވެއެވެ.

ނަމަވެސް، ފަލަސްޠީނުގެ ރެފިއުޖީންގެ ކަންކަން ބަލަހައްޓަން އދ. އިން ހަވާލުކޮށްފައިވާ އަންރަވާއިން ބުނާގޮތުގައި ޔަހޫދީން ދަނީ ޣައްޒާއަށް އެހީގެ އެއްވެސް ބާވަތެއް ވައްދަން ހުރަސްއަޅަމުންނެވެ. އަންރަވާއިން އަންގާރަ ދުވަހު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައިވެސް ވަނީ ވަގުތީ ހިޔާ އިމާރާތްތައް ވެއްޓުމުގެ ސަބަބުން އެތައް ބައެއްގެ ފުރާން ގޮސްފައިވާކަން ފާހަގަކޮށްފައެވެ.

މީގެ އިތުރުން ފިނިގަދަވުމުގެ ސަބަބުން ކުޑަކުދިން މަރުވަމުންދާކަންވެސް އެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.

 

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުގެ ޖައްބާރުކަން އިންތިހާއަށް، ޣައްޒާ ސުންނާފަތިކުރަނީ ވަކިތަނެއް ބެލުމެއް ނެތި!ދުނިޔެ | 6 ދުވަސް ކުރިންބޮންއެޅުމާއި ބޮޑުބަޑީގެ ހަމަލާތައް ހުއްޓުމެއް ނެތް، އިސްރާއީލުން ތަކުރާރުކޮށް އެއްބަސްވުމާ ޚިލާފުވަނީ!ދުނިޔެ | 7 ދުވަސް ކުރިންއިތުރު މީހެއް ހިމެނޭހެން ޣައްޒާގައި ސޯޅަ އަހަރުގެ ކުއްޖެއްގެ ގަޔަށް "ޕޮއިންޓް ބްލޭންކް" ރޭންޖުގައި ބަޑިޖަހައި މަރާލައިފިދުނިޔެ | މަހެއް ކުރިންފަލަސްޠީނުގައި ފިނިބޮޑުވެގެން ތުއްތު ކުއްޖަކު މަރުވެއްޖެ، ޔަހޫދީން އަދިވެސް ތިބީ އެހީ ހިފަހައްޓައިގެންދުނިޔެ | 2 މަސް ކުރިން