logo
Bank of Maldives

Bank of Maldives

ދުނިޔެ

އިތުރު މީހެއް ހިމެނޭހެން ޣައްޒާގައި ސޯޅަ އަހަރުގެ ކުއްޖެއްގެ ގަޔަށް "ޕޮއިންޓް ބްލޭންކް" ރޭންޖުގައި ބަޑިޖަހައި މަރާލައިފި

އިސްމާޢިލް ރާތިޢު
22 ޑިސެމްބަރު 2025 - 11:05
ޔަހޫދީން މަރާލާފައިވާ ސޯޅަ އަހަރުގެ ކުއްޖާ- ފޮޓޯ: އަލް ޖަޒީރާ
ޔަހޫދީން މަރާލާފައިވާ ސޯޅަ އަހަރުގެ ކުއްޖާ- ފޮޓޯ: އަލް ޖަޒީރާ

ޔަހޫދީން، ޣައްޒާގެ ހުޅަނގު އައްސޭރީގެ ދެ ސަހަރަކަށް ވަދެގަނެ ހިންގި ހަމަނުޖެހުމެއްގައި ސޯޅަ އަހަރުގެ ކުއްޖެއް ހިމެނޭހެން ދެމީހެއް ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.

ފަލަސްޠީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުން، 16 އަހަރުގެ ރައްޔާން ޢަބްދުލް ޤާދިރު ޝަހީދުކޮށްލާފައިވަނީ ޤަބާތިޔާ ސަހަރުންނެވެ. އަދި 22 އަހަރުގެ އަޙްމަދު ޒަޔޫދު ޝަހީދުކޮށްލާފައިވަނީ ޖެނިންގެ ހުޅަނގުން އޮންނަ ސިލާތު އަލް ހަރިޘިޔާ ޝަހަރުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަންޒަރު ދުށް މީހުންނާ ހަވާލާދީ، ފަލަސްޠީނުގެ ވަފާ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔަހޫދީން ވަނީ ސީދާ ޢަބްދުލް ޤާދިރު ގަޔަށް ބަޑިޖެހުމަށްފަހު، އޭނާއަށް އެހީ ނުވެވޭހެން މަގު ބަންދުކުރުމަށްފަހު އޭނާ މަރުވާން ދޫކޮށްލާފައެވެ. އަދި އޭނާ މަރުވުމުން ޔަހޫދީން އޭނާގެ ހަށިގަނޑު ހިފަހައްޓައިގެން ތިބިކަމަށްވެސް ވަފާއިން ރިޕޯޓުކޮށްފައިވެއެވެ.

ހުޅަނގު އައްސޭރީގެ ބެތުލެހެމްގައި ހުންނަ އަލް ޖަޒީރާގެ ރިޕޯޓަރާ ހަވާލާދީ އެނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޢަބްދުލް ޤާދިރު، އޭނާގެ ގެއަށް ދަނިކޮށް ޔަހޫދީން ވަނީ އޭނާގެ ގަޔަށް، "ޕޮއިންޓް ބްލޭންކް" ރޭންޖުގައި ބަޑިޖަހާފައެވެ.

އަލް ޖަޒީރާގެ ރިޕޯޓރާ ހަވާލާދީ އެނޫހުން އިތުރަށް ރިޕޯޓުކޮށްފައިވާ ގޮތުގައި ޢަބްދުލް ޤާދިރަށް ހަމަލާދިނުމަށް ފަހު 40 ވަރަކަށް މިނެޓު ވަންދެން އޭނާގެ ހަށިގަނޑު ކައިރިއަށް އެއްވެސް މީހަކަށް ދިޔަ ނުދީ ހިފަހައްޓައިގެން ޔަހޫދީން ތިއްބެވެ.

ސިލާތު އަލް ހަރިޘިޔާ ޝަހަރުން ޝަހީދުކޮށްލާފައިވާ އަޙްމަދު ޒަޔޫރު ޝަހީދުކޮށްލާފައިވަނީ އޭނާގެ މެއަށް ބަޑިޖަހައިގެން ކަމަށް ފަލަސްޠީނުގެ ހެލްތު މިނިސްޓްރީން ރިޕޯޓުކޮށްފައިވެއެވެ. މިހާދިސާގައި ޒަޔޫރުގެ އިތުރުން 15 އަހަރުގެ ކުއްޖަކަށްވެސް އަނިޔާވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

ޒަޔޫރު، މިދިޔަ ހޮނިހިރު ދުވަހު ޝަހީދުކޮށްލާފައިވާއިރު، މީގެ ހަފްތާއެއް ކުރިން ހަމަ އެ ޝަހަރުގައި 15 އަހަރުގެ ކުއްޖެއް ޝަހީދުކޮށްލާފައި ވެއެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުރު މީހެއް ހިމެނޭހެން ޣައްޒާގައި ސޯޅަ އަހަރުގެ ކުއްޖެއްގެ ގަޔަށް "ޕޮއިންޓް ބްލޭންކް" ރޭންޖުގައި ބަޑިޖަހައި މަރާލައިފިދުނިޔެ | 3 ގަޑިއިރު ކުރިންފަލަސްޠީނުގައި ފިނިބޮޑުވެގެން ތުއްތު ކުއްޖަކު މަރުވެއްޖެ، ޔަހޫދީން އަދިވެސް ތިބީ އެހީ ހިފަހައްޓައިގެންދުނިޔެ | 5 ދުވަސް ކުރިންފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ޔަހޫދީން ދިރިއުޅެން 700 އަށްވުރެ ގިނަ ގެ އަޅަނީދުނިޔެ | 11 ދުވަސް ކުރިންހަނގުރާމަ ހުއްޓާލާފައި އޮތީ ނަމެއްގައި، އިއްޔެވެސް ޔަހޫދީންގެ ވައިގެ ހަމަލާތަކެއް ޣައްޒާއަށްދުނިޔެ | 18 ދުވަސް ކުރިން