logo
ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާލިބިދާނެ ޢަމަލެއްކުރި ފުލުހެއްގެ މައްސަލަ ބަލަން ފަށައިފިBank of Maldives

Bank of Maldives

ޚަބަރު

ދޮންބަންޑާރައިންގެ ޖިހާދީ ހަނދާންތައް މި ފަސްގަނޑުގައި ވަނީ ޝުކުރުވެރިކަމާއެކު ދިރިދިރި: ރައީސް

އާމިނަތު ޝަފާ
23 ނޮވެމްބަރު 2025 - 04:33
ދޮންބަންޑާރައިންގެ ޖިހާދީ ހަނދާންތައް މި ފަސްގަނޑުގައި ވަނީ ޝުކުރުވެރިކަމާއެކު ދިރިދިރި: ރައީސް

ހޮޅީންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމަށް ދޮންބަންޑާރައިން ކުރެއްވި ޖިހާދަށް 3 ޤަރުނުވާން ކައިރިވީއިރުވެސް އެ ޖިހާދީ ހަނދާންތައް މި ފަސްގަނޑުގައި ވަނީ ޝުކުރުވެރިކަމާއެކު ދިރިދިރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ މާލޭގެ އެތައް ތަނެއްގައި ހުޅުޖަހާ، އޭރު ހުންނެވި ރަދުން ރަހީނުކޮށް، ލާއިންސާނީ އެތައް އަނިޔާއެއް ދިވެހީންނަށް ދީ، އަޅުވެތިކަމުގެ ނާމާން ދުވަސްތަކެއް މި ޤައުމަށް ގެނައި ހޮޅީންގެ ނުރައްކަލުން ރާއްޖެ މިންޖުކޮށްދެއްވި ހިތްވަރު ގަދަ ޤައުމީ ޖިހާދަށް މިއަދަށް 281 އަހަރުވީކަން ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ދޮންބަންޑާރައިންގެ ޙިކްމަތާއި، ހުޝިޔާރުކަމާއި، މި ވަޠަންގެ މައްޗަށް އޮތް ކުލުނު ހާމަވި މި ތާރީޚީ ޙާދިސާއަށް 3 ގަރުނު ވާން ކައިރިވީ އިރުވެސް، އެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ވަނީ ދިރިދިރި." ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

އެމަނިކުފާނުގެ ޕޯސްޓް ނިންމާލެއްވީ މިނިވަންކަމާއި ފާގަތިކަމުގައި ދިވެހިރާއްޖެ އަބަދުމެ ލެހެއްޓެވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.

ހުރަވީ ދުވަހަކީ ފާތިޙުންގެ ފަތަޙައާއި މުޖާހިދުންގެ ޖިހާދުގެ ހަނދާން އާކުރެވޭ ދުވަހެކެވެ. މި ދުވަސް ފާހަގަކުރަނީ މަލާބާރީން (ހޮޅީން)ގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންވި ދުވަހުގެ ގޮތުގައެވެ. މި ކަން ހިނގީ 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރު މަހުގެ 3 ގައެވެ. ހުރަވީ ދުވަހުގެ ބަޠަލަކީ މުލީގޭ ދޮން ހަސަން މަނިކުފާނު ނުވަތަ ފަހުން އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން)އެވެ.

ހުރަވީ ދުވަސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރީ 3 ޖުމާދަލްއާޚިރު 1400 ގައެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދޮންބަންޑާރައިންގެ ޖިހާދީ ހަނދާންތައް މި ފަސްގަނޑުގައި ވަނީ ޝުކުރުވެރިކަމާއެކު ދިރިދިރި: ރައީސް ޚަބަރު | 18 މިނިޓު ކުރިންމާދަމާ ރޭ ރައީސް މުއިއްޒު ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވަނީ ޚަބަރު | ދުވަހެއް ކުރިން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރުން ޚިދުމަތް ދޭން ފަށައިފިޚަބަރު | ދުވަހެއް ކުރިންއަޅުގަނޑުމެންގެ އަމަލުތައް ބަހައްޓަންޖެހޭނީ އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި: ރައީސްޚަބަރު | 2 ދުވަސް ކުރިން