logo
ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާލިބިދާނެ ޢަމަލެއްކުރި ފުލުހެއްގެ މައްސަލަ ބަލަން ފަށައިފިBank of Maldives

Bank of Maldives

ޚަބަރު

ދައުލަތުގެ ޕޭ ފްރޭމްވޯކުގައި ހިމަނާފައިވާ "ފަހެލި" އުސޫލަށް އަމަލުކުރަން ފަށައިފި

އައިޝަތު ނަޝާ
23 ނޮވެމްބަރު 2025 - 11:26
ދައުލަތުގެ ޕޭ ފްރޭމްވޯކުގައި ހިމަނާފައިވާ "ފަހެލި" އުސޫލަށް އަމަލުކުރަން ފަށައިފި

ރަސްމީ ގަޑީގައި ކުރާ މަސައްކަތްތައް ނުރަސްމީ ގަޑީގައި ކުރެވޭ ގޮތް ފަހިކޮށްދޭން، ދައުލަތުގެ ޕޭ ފްރޭމްވޯކުގައި ހިމަނާފައިވާ ފްލެކްސިބްލް ވޯކިން ޓައިމް (ފަހެލި) އުސޫލު އެކުލަވާލައި އަމަލުކުރަން ފަށައިފި އެވެ.

މި އުސޫލު ތަންފީޒު ކުރުމުގެ ހުއްދަ ދީފައިވަނީ، ދައުލަތުގެ ޕޭ ފްރޭމްވޯކަށް މިދިޔަ މަހު ގެނެވުނު އިސްލާހަކާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕޭ ކޮމިޝަނުން ހާމަކުރި ގޮތުގައި އެ އުސޫލު ތައާރަފް ކުރެވުނީ ބައެއް އޮފީސްތަކުގެ މަސައްކަތުގެ އުސޫލު ހުރި ގޮތުން، ވަކިވަކި މުވައްޒަފުންނަށް ރަސްމީ މަސައްކަތު ގަޑީގައި މާ ގިނަ މަސައްކަތްތަކެއް ކުރެވޭނެ ގޮތް ހަމަޖެހިފައި ނުވާތީ ކަމަށެވެ. މީގެ ބޭނުމަކީ މަސައްކަތުގެ އެފިޝަންސީ އިތުރުކޮށް، ނަތީޖާ ނެރުމަށް މަގުފަހިކުރުމެވެ.

ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8 އިން މެންދުރު 2 އެވެ. އެހެންކަމުން، މީގެ ކުރިން މިފަދަ އުސޫލެއް ނޯންނާތީ، މެއިންޓެނެންސް މަސައްކަތްތައް ފަދަ ކަންކަން ކުރާ މުވައްޒަފުންނަށް ރަސްމީ މަސައްކަތު ގަޑީގެ އިތުރުން، އިތުރު ގަޑީގައި ވެސް ބައެއް ފަހަރު މަސައްކަތްތައް ކުރަންޖެހެ އެވެ. ޕޭ ކޮމިޝަނުން ބުނި ގޮތުގައި މިހާރު އަމަލުކުރަން ފެށި މި ފްލެކްސިބިލިޓީ އުސޫލާ އެކު، އެކަމަށް ހައްލެއް ލިބިގެން ދާނެއެވެ.

މެއިންޓަނެންސް މުވައްޒަފުންގެ އިތުރުން، އެކި ކަހަލަ އިންސްޕެކްޝަންތަކާއި ސާވޭތައް ކުރާ މުވައްޒަފުންނާއި އައިޓީ ދާއިރާގައި ސޮފްޓްވެއާ ޑިވެލޮޕަރުންގެ ގޮތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ވެސް މިހާރު މި "ފްލެކްސިބްލް ވޯކިން ޓައިމް" އަށް އަމަލުކުރެވޭނެ ގޮތަށް އޮފީސްތަކަށް ވަނީ ފަހިކޮށްދީފައެވެ.

މި އިސްލާހުގައިވާ ގޮތުން، ދުވާލުގެ އެކި ވަގުތުތަކުގައި ހިދުމަތް ދޭންޖެހޭ ހާލަތްތަކުގައި މިހާތަނަށް، ޑިއުޓީ އުސޫލުން މަސައްކަތް ނުކުރާ ފަންނުވެރީންގެ މަސައްކަތްތައް ވެސް ޑިއުޓީ އުސޫލަށް ބަދަލުކުރެވިދާނެ އެވެ. އަދި މަސައްކަތުގެ ބާވަތުން ދުވާލެއްގެ ތެރޭގައި އެއް ޑިއުޓީއަށް ވުރެ ގިނަ ޑިއުޓީ އަދާކުރަންޖެހޭ ގޮތަށް މަސައްކަތު ވަގުތު ކަނޑައެޅިދާނެ އެވެ. ނަމަވެސް އެފަދައިން ކަނޑައަޅާއިރު ވެސް ދުވާލެއްގެ ތެރޭގައި ޖުމުލަ ޑިއުޓީ ވަގުތު އަށް ގަޑިއިރަށް ވުރެ އިތުރެއް ނުކުރެވޭނެ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ ޕޭ ފްރޭމްވޯކުގައި ހިމަނާފައިވާ "ފަހެލި" އުސޫލަށް އަމަލުކުރަން ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިން