logo
Bank of Maldives

Bank of Maldives

ޚަބަރު

މިހާރު ކުރިއަށްދަނީ ޕޭ ފްރޭމްވޯކުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް: ޕޭ ކަމިޝަން

މަރިޔަމް މާޙީ
22 އޭޕްރީލު 2026 - 04:17
މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް--- ފޮޓޯ: ފަޔާޒް މޫސާ
މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް--- ފޮޓޯ: ފަޔާޒް މޫސާ

ދައުލަތުގެ މުސާރަތައް އެއްހަމަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން، ޕޭ ފްރޭމްވަރކަށް މިހާތަނަށް ހިޖުރަކޮށްފައިވާ މުއައްސަސާތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ނެޝަނަލް ޕޭ ކޮމިޝަނުން ބުނެފި އެވެ.

ނެޝަނަލް ޕޭ ކޮމިޝަނުން ބުނިގޮތުގައި، މިހާރު ޕޭ ފްރޭމްވަރކަށް ހިޖުރަކޮށްފައިވާ އިދާރާތަކުގައި ހުރި ކަންބޮޑުވުންތަކާއި މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ. މިގޮތުން، ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތައް ވަކިވަކިން ބަލައި، ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް، މުވައްޒަފުންނަށް އެންމެ ފައިދާހުރި ގޮތަކަށް އެކަންކަން ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، މިހާތަނަށް މި ފްރޭމްވަރކަށް ބަދަލުނުވެ ހުރި މުއައްސަސާތައް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރިއަށް އޮތް ތަނުގައި ނިންމުމަށް އަމާޒު ހިފާފައިވާކަމަށް ބުންޏެވެ. އަދި އެ މުއައްސަސާތައް މި އޮނިގަނޑަށް ބަދަލުކުރުމަށް ޓަކައި ވާންޖެހޭ ފަންނީ ތައްޔާރީތަކާއި އިދާރީ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށް ވެސް ޕޭ ކޮމިޝަނުން ވަނީ ބުނެފައެވެ.

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން، ސިވިލް ސަރވިސް އާއި ޝަރުޢީ ދާއިރާގެ މުވައްޒަފުން ޕޭ ފްރޭމްވަރކަށް ބަދަލުކޮށްފައިވަނީ 1 ނޮވެމްބަރު 2025 ގައެވެ. އޭގެ ފަހުން ދައުލަތުގެ އިތުރު ހަ މުއައްސަސާއެއް މި އޮނިގަނޑަށް ބަދަލުކޮށް ނިމުމާއެކު، މިހާރު ދައުލަތުގެ މުއައްސަސާތަކުގެ 93 އިންސައްތަ ވަނީ މި ފްރޭމްވަރކާ ގުޅިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރައަކީ އިންސާފުވެރި، އެއްހަމަ އުސޫލަކުން ކަނޑައެޅިފައިވާ މުސާރައަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން މުވައްޒަފުންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕޭ ކޮމިޝަނުގެ އެސްޖީ ފައިޒަލް މަގާމުން އިސްތިއުފާ ދެއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންމިހާރު ކުރިއަށްދަނީ ޕޭ ފްރޭމްވޯކުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް: ޕޭ ކަމިޝަންޚަބަރު | 3 ގަޑިއިރު ކުރިންދައުލަތުގެ ޕޭ ފްރޭމްވޯކުގައި ހިމަނާފައިވާ "ފަހެލި" އުސޫލަށް އަމަލުކުރަން ފަށައިފިޚަބަރު | 5 މަސް ކުރިން