logo
Bank of Maldives

Bank of Maldives

ޚަބަރު

ޕޭ ކޮމިޝަނުގެ އެސްޖީ ފައިޒަލް މަގާމުން އިސްތިއުފާ ދެއްވައިފި

އައިޝަތު ނަޝާ
22 އޭޕްރީލު 2026 - 05:02
ޕޭ ކޮމިޝަނުގެ އެސްޖީ ފައިޒަލް މަގާމުން އިސްތިއުފާ ދެއްވައިފި

ނޭޝަނަލް ޕޭ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ފައިޒަލް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ފައިޒަލް މަގާމުން އިސްތިއުފާ ދެއްވިކަން މިނިސްޓްރީ އޮފް ފިނޭންސުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އޭނާ މަގާމުން ވަކިވެވަޑައިގެންނެވި ވަކި ސަބަބެއް އެ މިނިސްޓްރީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑރ. ފައިޒަލްއަކީ ތައުލީމީ ގޮތުން މަތީ ވަރަށް ފުންނާބުއުސް ބޭފުޅެކެވެ. އޭނާ ވަނީ ނިއުޒީލެންޑުގެ ވިކްޓޯރިއާ ޔުނިވަސިޓީ އޮފް ވެލިންޓަނުން ޕަބްލިކް ޕޮލިސީގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައެވެ.

ޕޭ ކޮމިޝަނަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ ސިޔާސަތުތައް ކަނޑައަޅާ މައި އިދާރާއެވެ. ޕޭ ކޮމިޝަނުގެ އެސްޖީގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ފައިޒަލް ވަނީ ދައުލަތުގެ މުހިންމު އެކި މަގާމުތައް ފުރުއްވާފައެވެ.

އޭގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓާ އޮފް ޕާފޯމަންސް މެނޭޖްމަންޓްގެ މަގާމު ހިމެނެއެވެ.

ފައިޒަލް ސިވިލް ސާވިސްއާ ގުޅިވަޑައިގަތީ 1996 ވަނަ އަހަރު ރައީސް އޮފީހުގެ ރިސާޗް އޮފިސަރު ޓްރޭނީއެއްގެ ގޮތުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕޭ ކޮމިޝަނުގެ އެސްޖީ ފައިޒަލް މަގާމުން އިސްތިއުފާ ދެއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންމިހާރު ކުރިއަށްދަނީ ޕޭ ފްރޭމްވޯކުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް: ޕޭ ކަމިޝަންޚަބަރު | 3 ގަޑިއިރު ކުރިންދައުލަތުގެ ޕޭ ފްރޭމްވޯކުގައި ހިމަނާފައިވާ "ފަހެލި" އުސޫލަށް އަމަލުކުރަން ފަށައިފިޚަބަރު | 5 މަސް ކުރިން