logo
ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާލިބިދާނެ ޢަމަލެއްކުރި ފުލުހެއްގެ މައްސަލަ ބަލަން ފަށައިފިBank of Maldives

Bank of Maldives

ޚަބަރު

ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަށް ވަގުތީ ގޮތުން އަމާން ހިޔާއަށް ބަދަލުކުރަނީ

އައިޝަތު ނަޝާ
23 ނޮވެމްބަރު 2025 - 13:13
ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަށް ވަގުތީ ގޮތުން އަމާން ހިޔާއަށް ބަދަލުކުރަނީ

ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް ވަގުތީ ގޮތުން ބަދަލުކުރުމަށް އަދި އަމާން ހިޔާގެ އިމާރާތް މަރާމާތު ކުރުމަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރް.ޑީ.ސީއާ ޙަވާލުކޮށްފިއެވެ.

މި ކަމުގެ އެއްބަސްވުމުގައި ވިލިމާލެ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙީމް ޢަބްދުއްރައްޒާޤު ޙަލީމެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ. މި އެއްބަސްވުމުގެ ދަށުން ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ވަގުތީ ގޮތުން ބަދަލުކުރުމަށް އަދި އަމާން ހިޔާގެ އިމާރާތް މަރާމާތު ކުރުމަށް ވަނީ ޙަވާލުކޮށްފައެވެ.

ވިލިމާލޭގައި މިހާރު ޚިދުމަތް ދޭ ހޮސްޕިޓަލު ތަޅާލައި އެތަނުގައި 100 އެނދުގެ އައު ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްޤީކުރާ ހޮސްޕިޓަލެކެވެ. މިހޮސްޕިޓަލުގެ ޢިމާރާތާއި ވަޞީލަތް ޤާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ، ޗައިނާ ސަރުކާރުންނެވެ.

އާބާދީގައި 15000އެއްހާ މީހުން ދިރިއުޅޭ ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލުގައި އެއާބާދީއަށް ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމު ޤާއިމުވެފައެއްނުވެއެވެ. މި ހޮސްޕިޓަލުގައި ބަލި މީހުން ބެލުމަށް 3 ކޮޓަރި ހުރިއިރު، އިމަރޖެންސީގައި ބޭނުން ކުރަނީ 5 އެނދެވެ. އެހެންކަމުން ޢާންމު ކަންކަމުގައިވެސް ގިނަ ފަހަރު އައިޖީއެމްއެޗަށް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަށް ބަރޯސާވުމަކީ، ވިލިމާލެ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

 މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ އަމާޒަކީ، މިއަހަރުގެ ނިޔަލަށް ވިލިމާލެ ހޮސްޕިޓަލުގެ ވަގުތީ އިމާރާތުގެ ސެޓަޕުގެ މަސައްކަތް ނިންމައި ޚިދުމަތްތައް ބަދަލުކުރުން ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަށް ވަގުތީ ގޮތުން އަމާން ހިޔާއަށް ބަދަލުކުރަނީޚަބަރު | 37 މިނިޓު ކުރިންގަމު ރިހެބިލިޓޭޝަން ސެންޓަރުގެ އަމަލީ މަސަައްކަތް ފަށައިފިޚަބަރު | މަހެއް ކުރިންގުރައިދޫ މަގުތައް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވައިފިޚަބަރު | 2 މަސް ކުރިންދެ ރަށެއްގައި މިސްކިތް އިމާރާތް ކުރުމަށް ސަރުކާރު ދެ ކުންފުންޏަކާއި ހަވާލުކޮށްފިޚަބަރު | 3 މަސް ކުރިން