logo
Bank of Maldives

Bank of Maldives

ޚަބަރު

އަމީނީ މަގުގެ ބައެއް އަލުން ތަރައްގީ ކުރަނީ

މުޙައްމަދު އަފްރާޙް
11 އޭޕްރީލު 2026 - 04:06
އަމީނީ މަގުގެ ބައެއް އަލުން ތަރައްގީ ކުރަނީ

އަމީނީ މަގުގައި ތާރު އަޅާފައިވާ ބައެއް އަލުން ތަރައްގީކުރުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަމީނީ މަގުގެ ހުޅަނގަށްވީ ބައިގައި ތާރުއަޅައިގެން އަލުން ތަރައްގީކުރުމަށް ތައްޔާރުވަމުން އަންނަކަމަށާއި މިކަން ކުރަން ނިންމީ މިދިޔަ ސަރުކާރުން ތާރު އަޅައިގެން ތަރައްގީކޮށްފައިވާ އަމީނީމަގުގެ އެކި ތަންތަނުން ތާރުގަނޑު އުފުލި ވަރަށް ބޮޑަށް ހަލާކުވެފައިވާތީ ކަމަށެވެ. ޚާއްސަކޮށް އަމީނީ މަގުގެ ހުޅަނގަށްވީ ބައިގެ މަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައިވާކަން ފާހަގަކުރެއްވިއެވެ.

ނަޒީމް ވިދާޅުވީ ޣިޔާސުއްދީން ސްކޫލުން ފެށިގެން ހުޅަނގަށް އޮތް ބައި ވަރަށްބޮޑަށް މަރާމާތު ކުރަންޖެހިފައިވާކަމަށާއި އެހެންކަމުން މަގުގެ މަރާމާތުގެ މަސައްކަތް އަވަހަށް ފެށުމަށްޓަކައި އިމާރާތް ކުރުމާ ބެހޭ ވުޒާރާއާ މަޝްވަރާކޮށްފައިވާކަމަށެވެ. އަދި ކުރިއަށް އޮތް 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ފެށޭނެކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މަސައްކަތަކީ އާރްޑީސީ އިން މާލޭގައި ކުރިއަށްގެންދާނެ އެންމެ ބޮޑު މަސައްކަތް ކަމަށާއި މަގު އަލުން މަރާމާތު ކުރާއިރު ޓެކްނިކަލީ ބަލަންޖެހޭ ހުރިހާ ކަމެއް ބަލާނެކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްދާއިރު ރާއްޖެއިން ބޭރުން ރޯޑް އިންޖިނިއަރެއް ގެނެސް، އޭނާގެ އިރުޝާދު ވެސް ހޯދާނެކަމަށް ވިދާޅުވިއެވެ.

އަމީނީ މަގުގެ މިހާރު ހަލާކުވެފައިވާ ސަރަޙައްދު، ސެގްމަންޓް 11 އަދި 12ގެ މުޅި މަސައްކަތް ނިންމާ ފުރަތަމަ ހުޅުވީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. މިދިޔަ އަހަރުގެ ކުރީކޮޅުވެސް ވަނީ މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުން ބައެއްގައި ތާރުގަނޑު މަރާމާތުކުރުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ.

ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންވެ، މަގުން ދުއްވާ މީހުންނަށް އޭގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވިއެވެ. މީގެ ސަބަބެއްގެ ގޮތުގައި ޓެކްނިކަލް ފަރާތްތަކުން ފާހަގަކުރަނީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމެވެ. އޭއާއެކު ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ އެ ލޭނު ވަރަށް ބޮޑަށް ހަލާކުވިއެވެ.

މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ، އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ތަރައްޤީކޮށްފައިވެއެވެ. އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ 2024 އަހަރުގެ ޖަނަވަރީ މަހުއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމީނީ މަގުގެ ބައެއް އަލުން ތަރައްގީ ކުރަނީޚަބަރު | 2 ގަޑިއިރު ކުރިންޕާކެއް ހެދުމަށް ޣާޒީ ބިލްޑިންގ ހުރި ބިން ސާފުކުރަނީޚަބަރު | މަހެއް ކުރިންބޮޑުތަކުރުފާނު މަގުގެ އިތުރުބައެއް ބަންދުކޮށް މަސައްކަތް ފަށަނީޚަބަރު | މަހެއް ކުރިންއިތުރު ފައްތިޔާތަކާއެކު އުޅަނދު ފަހަރަށް ބޮޑު ލުޔެއް، ކުރިން ލިބެން ނެތް ކަރަންޓާއި ފެން ފޯރުކޮށްދެނީޚަބަރު | 2 މަސް ކުރިން