logo
Bank of Maldives

Bank of Maldives

ރިޕޯޓް

މާލޭގެ މަގުހެދުމުގެ މަޝްރޫޢު: އިދިކޮޅަށް ކްރެޑިޓް ނެގެންނެތް ރައީސް މުޢިއްޒުގެ ތަސައްވުރެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
31 ޖުލައި 2026 - 10:15
މާލޭގެ މަގުހެދުމުގެ މަޝްރޫޢު: އިދިކޮޅަށް ކްރެޑިޓް ނެގެންނެތް ރައީސް މުޢިއްޒުގެ ތަސައްވުރެއް

މާލޭގެ މަގުތަކުގެ ޙާލަތަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ދަތިކަމެވެ. މި މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން އެންމެ އިސްކަމެއް ދީފައިވާ އެއް ކަންތަކެވެ. މިގޮތުން، މިހާރު މާލޭގައި ކުރިއަށްދާ މަގުހެދުމުގެ މަޝްރޫޢުތަކަކީ މި ސަރުކާރުން އިސްނަގައި، ބޭނުންވާ ފައިސާ ހަމަޖައްސައިގެން ހިންގަމުންދާ މުހިންމު މަސައްކަތްތަކެކެވެ.

މަޝްރޫޢުގެ ބޮޑުމިނާއި ޗައިނާ ސަރުކާރުގެ އެހީ

Ad by Hajj Corporation

Ad by Hajj Corporation

މާލޭގެ ހުރިހާ މަގުތަކެއްހެން އަލުން ހަދަންޖެހިފައިވާއިރު، މިއީ މުޅި ރާއްޖޭގައިވެސް ހިންގޭނެ އެންމެ ބޮޑު އިންފްރާސްޓްރަކްޗަރ މަޝްރޫޢަށް ވުމީ އެކަށީގެންވާ ކަމެކެވެ. މި މަޝްރޫޢުގެ ބޮޑުކަމުންނާއި ބަޖެޓުގެ ތާށިކަމުން، ސަރުކާރުން ވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއަށް އެދިފައެވެ. އުފަލާއެކު ފާހަގަކުރަންޖެހެނީ، ޗައިނާ ސަރުކާރުން މިކަމަށް ބޭނުންވާ އެހީ ހަމަޖައްސައިދީފައިވާ ކަމެވެ. މިހާރު ކުރިއަށްދަނީ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިދާރީ މަރުޙަލާތަކެވެ. އުންމީދަކީ މިއަހަރުގެ ނިޔަލަށް ޗައިނާގެ އެހީގައި ހިންގާ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިގެން ދިއުމެވެ.

 

Henveyru ferry terminalun north habour ah: mi dhookolevunee faseyha ai tharahgee ge ufaa libidhin hamajehumuge neyva eh | Mendhuru TvTikTokYouTubeInstagramXFacebook

Henveyru ferry terminalun north habour ah: mi dhookolevunee faseyha ai tharahgee ge ufaa libidhin hamajehumuge neyva eh | Mendhuru TvTikTokYouTubeInstagramXFacebook

 

ދިވެހި ކުންފުނިތަކުގެ ދައުރު

ޗައިނާގެ މަޝްރޫޢު ފެށުމުގެ ކުރިން، އެ މަޝްރޫޢުގައި ނުހިމެނޭ ބައިތައް ހެދުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. މިގޮތުން އެމް.ޓީ.ސީ.ސީ ފަދަ ޤާބިލު ކުންފުނިތަކާ ހަވާލުކޮށްގެން ބޭރުމަގު (ރިންގް ރޯޑް) ފުރިހަމަކުރުމުގެ މަސައްކަތް ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ. ޚާއްޞަކޮށް ޝީޓް ޕައިލްކުރުން ފަދަ އުނދަގޫ މަސައްކަތްތައް ހިމެނޭ މި ސަރަޙައްދު ހެދުމަކީ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ.

މާޒީގެ ތަޖުރިބާއާއި ކުރިއެރުންތައް

މާލޭގެ ބޭރުމަގު ހެދުމުގެ ފުރަތަމަ މަރުޙަލާ ފެށުނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރުއެވެ. ނަމަވެސް އޭގެ ފަހުން އައި ސަރުކާރުން އެ މަސައްކަތް ހުއްޓާލުމާއި، ރައީސް މުޢިއްޒުގެ މޭޔަރުކަމުގައި ސިޓީ ކައުންސިލުން ކުރަން އުޅުނު މަސައްކަތްތަކަށް ހުރަސްއެޅުމުގެ ސަބަބުން މި މަޝްރޫޢު އޮތީ މަޑުޖެހިފައެވެ.

 

Thakuru magu balailan Male ah: ''Mikoh dhinee haadhaha bodu faseyha ekey!'' | Mendhuru TvTikTokYouTubeInstagramXFacebook

Thakuru magu balailan Male ah: ''Mikoh dhinee haadhaha bodu faseyha ekey!'' | Mendhuru TvTikTokYouTubeInstagramXFacebook

 

މި ސަރުކާރުން މަސައްކަތާ ހަވާލުވުމަށްފަހު، ކުރު މުއްދަތެއްގެ ތެރޭގައި ބާޒާރުމަތީގެ މަގުތައް ހަދައި ނިންމުމަކީ ވިޔަފާރިވެރިންނަށާއި އާންމުންނަށް ލިބުނު ބޮޑު ލުޔެކެވެ. ހަމައެއާއެކު، ނަސަންދުރައާ ހިސާބުން ފެށިގެން ޢިއްޒުއްދީން ފާލަމާ ހަމައަށް ހެދިފައިވާ މަގުގެ ސަބަބުން އޮފީސްތަކާއި ބޭންކުތަކަށް ދާ ފަރާތްތަކަށް ބޮޑު ފަސޭހައެއް ވަނީ ލިބިފައެވެ. ކުރިއަށް އޮތީ އެމް.ޕީ.އެލް އިން ފެށިގެން ސުނާމީ ބިނާއާ ހަމައަށް އޮތް ސެގްމަންޓް ނިންމައި، މުޅި ރިންގް ރޯޑް ކޮޅަކަށް ދެ ލޭން އޮންނަ ގޮތަށް ފުރިހަމަކުރުމެވެ.

މިހާރު ހިނގަމުންދަނީ މި ސަރުކާރުން ރޭވުންތެރިކަމާއެކު ފެށި މަސައްކަތްތަކެއް

ދަތުރުފަތުރުގެ ނިޒާމަކީ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގެ ބިންގަލެވެ. މި ސަރުކާރުގެ އަމާޒަކީ މާލެއާއި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމެވެ. މަޝްރޫޢުތަކުގެ "އޯނަރޝިޕް" ނެގުމަށް ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް، ޙަޤީޤަތަކީ މިހާރު ހިނގަމުންދާ މަސައްކަތްތަކަކީ މި ސަރުކާރުން ރޭވުންތެރިކަމާއެކު ފެށި މަސައްކަތްތަކެއް ކަމެވެ. އިދިކޮޅު ފަރާތްތަކުން ކޮންމެ ކަމަކަށް ދެކޮޅުހެދުމުގެ ބަދަލުގައި، ރައްޔިތުންނަށް ފައިދާވާ ކަންކަމަށް މަރުޙަބާ ކިޔުމަކީ މުހިންމު ކަމެކެވެ.

 

Male beyru magu: Dhuruvisney sikundiakun genesdhey inthiha faseyhakameh | Mendhuru TvTikTokYouTubeInstagramXFacebook

Male beyru magu: Dhuruvisney sikundiakun genesdhey inthiha faseyhakameh | Mendhuru TvTikTokYouTubeInstagramXFacebook

 

މާލޭގެ މަގުހެދުމުގެ މަޝްރޫޢަކީ މި ސަރުކާރުގެ އިޚްލާޞްތެރިކަމާއެކު، ރައްޔިތުންގެ ލާބައަށްޓަކައި ހިންގާ މަޝްރޫޢެކެވެ. މާޒީގައި މިކަމަށް އެކި ހުރަސްތައް ކުރިމަތިވި ނަމަވެސް، މިހާރު ފެންނަމުންދާ ނަތީޖާތަކުން އެނގެނީ މި ސަރުކާރުން މިކަމަށް ދޭ އަހައްމިއްޔަތެވެ. މި މަޝްރޫޢުތައް މުޅިން ނިމުމުން މާލޭގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބި، ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގެ މަގުހެދުމުގެ މަޝްރޫޢު: އިދިކޮޅަށް ކްރެޑިޓް ނެގެންނެތް ރައީސް މުޢިއްޒުގެ ތަސައްވުރެއްރިޕޯޓް | ގަޑިއިރެއް ކުރިންއިންސާނީ ވަގުފާރިއާ މެދު މުޅި މުޖުތަމަޢު ސަމާލުވުމަށް ރައީސް ގޮވާލައްވައިފިޚަބަރު | ދުވަހެއް ކުރިންތިލަފުއްޓަށް ބަދަލު ކުރަނީ ޕޯޓްގެ 80% އަނެއްބައި ކުރިޔަށް ދާނީ މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި: ރައީސްޚަބަރު | ދުވަހެއް ކުރިންޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފިޚަބަރު | 2 ދުވަސް ކުރިން