logo
Bank of Maldives

Bank of Maldives

ޚަބަރު

ވިލިމާލެ މަސްޖިދުއްސަލާމް ހުރި ބިމުގައި 500 މީހުންގެ ޖާގައިގެ އާ މިސްކިތެއް އެޅުމަށް ހަވާލުކޮށްފި

އާމިނަތު ޝަފާ
23 ނޮވެމްބަރު 2025 - 16:16
ވިލިމާލެ މަސްޖިދުއްސަލާމް ހުރި ބިމުގައި 500 މީހުންގެ ޖާގައިގެ އާ މިސްކިތެއް އެޅުމަށް ހަވާލުކޮށްފި

ވިލިމާލެ މަސްޖިދުއްސަލާމް ހުރި ބިމުގައި 500 މީހުންގެ ޖާގައިގެ އާ މިސްކިތެއް އެޅުމަށް ފިޔަ ފައުންޑޭޝަނާއި ހަވާލުކޮށްފިއެވެ. 

މިކަމުގެ އެއްބަސްވުމުގައި ފިޔަ ފައުންޑޭޝަނާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރެއްވީ މިރޭ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިލިމާލެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްސަ ރަސްމިއްޔާތުގައެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ފިޔަ ފައުންޑޭޝަންގެ ދީލަތި އެހީތެރިކަމާއެކު ބިނާ ކުރާ މި މިސްކިތުގެ އެއްބަސްވުމުގައި އެ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކްސްކޯ މެމްބަރު މުޙައްމަދު ވިޝާމްއެވެ. އަދި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. 

ޒަމާނީ ފެންވަރަށް ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ދެ ބުރީގެ މިސްކިތެކެވެ. މި މިސްކިތުގައި ނަމާދު ކުރާ ބައިގެ އިތުރުން 2 ކުލާސްރޫމާއި އޮފީސް ބައެއް ހިމެނޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

މިއީ މާލެ ސަރަހައްދުގައި ހުރި ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އާ މިސްކިތްތައް ބިނާ ކުރުމަށް އިިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު މަޝްރޫއުއެއްކަމަށް ވުޒާރާއިން މައުލުމާތުދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯދަ މަހަށް 15 މިސްކިތެއްގެ މަސައްކަތް ނިންމަނީޚަބަރު | 8 ދުވަސް ކުރިންބޭރުގެ ޙާފިޡުން ގެންނަން މިހާރު ވިސާއަށް އެދެވޭނެޚަބަރު | 21 ދުވަސް ކުރިންއިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ 2026 ވަނަ އަހަރުގެ އެކްޝަން ޕްލޭން އިފްތިތާޙްކޮށްފިޚަބަރު | 22 ދުވަސް ކުރިންދާރުއްނޫރު ވަޤްފު އިމާރާތް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަނީޚަބަރު | މަހެއް ކުރިން