logo
Bank of Maldives

Bank of Maldives

ޚަބަރު

 ވިލިމާލެ ރައްޔިތުންނަށް ސަރުކާރުތަކުން މި ހުރިހާ ދުވަހު ނުކުރެވި އޮތް ހުރިހާ ކަމެއް ފުރިހަމަ ކޮށްދޭނަން: ރައީސް

އައިޝަތު ނަޝާ
23 ނޮވެމްބަރު 2025 - 16:49
 ވިލިމާލެ ރައްޔިތުންނަށް ސަރުކާރުތަކުން މި ހުރިހާ ދުވަހު ނުކުރެވި އޮތް ހުރިހާ ކަމެއް ފުރިހަމަ ކޮށްދޭނަން: ރައީސް

ވޭތުވެ ދިޔަ ސަރުކާރުތަކުން ވިލިމާލެ ރައްޔިތުންނަށް ނުކޮށްދެވިހުރި އަދި ހާސިލްކޮށް ނުދެވި އޮތް ހުރިހާ ކަމެއް ފުރިހަމަ ކޮށްދޭނަން ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ވިލިމާލެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ އެ އަވަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނު އިތުރަށް ވިދާޅުވީ،ވިލިމާލެއަށް އިހުމާލު ކޮށްލެވިފައި އޮންނަން ޖެހޭނެ ކަމަކަށް ގަބޫލުފުލު ނުކުރައްވާ ކަމަށާއި، މި ސަރުކާރު ތެރެއިން އެ އަވަށަށް ޔަގީނުންވެސް މާ ފުރިހަމައަށް ކަންކަން ކޮށްދެއްވާނެ ކަމަށެވެ.

" މާލެ ސިޓީގެ ހުރިހާ ރައްުޔިތުންނަށް އެއްވަރަކަށް ތަރައްގީ އަންނަން ޖެހޭނީ، ވިލިމާލެ ވީމަ އިހުމާލު ކޮށްލެވިފައި ތަފާތު ކުރެވިފައި އޮންނަން ޖެހޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން، އަޅުގަނޑު މޭޔަރަކަށް ހުރިއިރު އެއިރު ކުރެވުނު ވަރަކަށް ކުރެވޭތޯ ބެލިން، މިހާރު ސަރުކާރު ތެރެއިން ހަމަ ޔަގީނުންވެސް މާ ފުރިހަމައަށް ކަންކަން ވާނެ،" ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މީގެއިތުރުން ރައީސް ވިދާޅުވީ، ވިލިމާލެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުރިހަމައަށް ހަނދާން އެބަ ހުރި ކަަމަށާއި، އޭގެ ތެރެއިން ބައެއް ކަންކަން ފުރިހަމަ ކުރެވި، ބައެއް ކަންކަން ހިނގަމުންދާ ކަމަށެވެ.

މީގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އަދި އެންމެ މުހިންމު މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލުގެާ އިމާރާތާއި، މަގު ހެދުމުގެ މަޝްރޫއުއެވެ. މި ދެ މަޝްރޫއުވެސް ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު، ރައީސް ވިދާޅުވީ، އެ ހޮސްޕިޓަލުގެ ހުރިހާ ކަމެއް ހަމަޖެހި، ފަންޑިންގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށާއި، އެކަމުގެ ހުރިހާ މަރުހަލާތަކެއް ރަނގަޅަށް ހިނގާ ކަމަށެވެ.

އަދި މުޅި މާލެ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ތެރެއިން، ވިލިމާލެ މަގުތައް ހަދަން ޗައިނާ ސަރުކާރުން ފަންޑު ހަމަޖެހި، އެކަންވެސް އެ އޮންނަ މަރުހަލާގެ ތެރެއިން ކުރިއަށް ދާ ކަމަށް ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަފާތު އެކި ހަރަކާތްތަކާއެކު "އީދު ހަވީރު 1447" ގައި އެމްއޭސީއެލް ޚަބަރު | ގަޑިއިރެއް ކުރިންހުޅުދުއްފާރުގެ އިޚްތިޞާޞްގައި އެ އަތޮޅު ގާއުނޑޫދޫ އަލުން ހިމަނަނީޚަބަރު | 2 ގަޑިއިރު ކުރިންދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން އެމްޑީޕީ އިން ދެކޮޅު ހަދަނީ ރައީސް ނިންމެވި ކަމަކަށްވާތީ: މަހްލޫފްޚަބަރު | 4 ގަޑިއިރު ކުރިންރޯދަ ނިމުމުން އަޅުކަމެއް ނުނިމޭ: ރައީސް ޑރ. މުޢިއްޒުޚަބަރު | 6 ގަޑިއިރު ކުރިން