logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުދުއްފާރުގެ އިޚްތިޞާޞްގައި އެ އަތޮޅު ގާއުނޑޫދޫ އަލުން ހިމަނަނީ

މުޙައްމަދު އަފްރާޙް
19 މާރިޗު 2026 - 17:59
ހުޅުދުއްފާރުގެ އިޚްތިޞާޞްގައި އެ އަތޮޅު ގާއުނޑޫދޫ އަލުން ހިމަނަނީ

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، މާޅޮސްމަޑުލު އުތުރުބުރި ހުޅުދުއްފާރުގެ އިޚްތިޞާޞްގައި އެ އަތޮޅު ގާއުނޑޫދޫ އަލުން ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ނެރުއްވި، ނަންބަރު 9/2026 ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރުގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.

މީގެކުރިން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 3/2020 އިން ރ. ހުޅުދުއްފާރުގެ އިޚްތިޞާޞް ކަނޑައެޅުއްވިއިރު، ރ. ހުޅުދުއްފާރުގެ އިޚްތިޞާޞްގައި ރ. ގާއުނޑޫދޫ ހިމަނުއްވާފައިވީނަމަވެސް، ސިނާޢީ ބޭނުމަކަށްޓަކައި ރ. ހުޅުދުއްފާރުގެ އިޚްތިޞާޞްއިން ރ. ގާއުނޑޫދޫ ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 4/2021 އިން 2021 އޮގަސްޓް 25 ވަނަ ދުވަހު އުނިކުރައްވާފައެވެ. އަދި މާޅޮސްމަޑުލު އުތުރުބުރި ހުޅުދުއްފާރުގެ އިޚްތިޞާޞްއިން ގާއުނޑޫދޫ ވަކިކުރެވި ބޭނުންކުރެވެމުންދިޔައީ ސިނާޢީ މަސައްކަތަކަށްޓަކައި މިނިސްޓްރީ އޮފް އެގްރިކަލްޗަރގެ ބެލުމުގެ ދަށުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުދުއްފާރުގެ އިޚްތިޞާޞްގައި އެ އަތޮޅު ގާއުނޑޫދޫ އަލުން ހިމަނަނީޚަބަރު | 2 ގަޑިއިރު ކުރިންދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން އެމްޑީޕީ އިން ދެކޮޅު ހަދަނީ ރައީސް ނިންމެވި ކަމަކަށްވާތީ: މަހްލޫފްޚަބަރު | 4 ގަޑިއިރު ކުރިންރޯދަ ނިމުމުން އަޅުކަމެއް ނުނިމޭ: ރައީސް ޑރ. މުޢިއްޒުޚަބަރު | 6 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން މާދަމާޚަބަރު | 14 ގަޑިއިރު ކުރިން