logo
އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒު އިސްތިއުފާ ދެއްވައިފިBank of Maldives

Bank of Maldives

ޚަބަރު

ވިލިމާލޭގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައި ފުޓްބޯޅަ ދަނޑު ފީފާ ސްޓޭންޑަޑް ތަރައްގީކުރަން އަންނަ އަހަރު ފެށޭނެ: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
24 ނޮވެމްބަރު 2025 - 03:16
ވިލިމާލޭގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް، ފުޓްބޯޅަ ދަނޑު ފީފާ ސްޓޭންޑަޑަށް

ވިލިމާލޭގައި ހުރިހާ އިންޑޯ ކުޅިވަރެއް ކުޅެވޭ ގޮތަށް ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައި، ފުޓްބޯޅަ ދަނޑު ފީފާ ސްޓޭންޑަޑަށް ތަރައްގީކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި ޚިޔާލު ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން، އާދީއްތަ ދުވަހުގެ ރޭ ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ހުޅުމާލޭގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސްޕޯޓްސް ކޮމްޕްލެކްސްއަކީ، މި ފެށޭ އަހަރު ހިންގޭނެ އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް މަޝްރޫޢުކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި މި މަސައްކަތް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. މި ކޮމްޕްލެކްސްއަކީ 1200 މީހުންނަށް އިށީނދެވޭނެ ގޮތަށް ތައްޔާރުކުރެވޭ، ހުރިހާ އިންޑޯރ ކުޅިވަރުތައް ކުޅެވޭނެ މަރުކަޒެކެވެ.

''މި ފެށޭ އަހަރުގެ ތެރޭގައި، ހިންގޭނެ އެންމެ މުހިންމު އެންމެ ބޮޑު އެއް މަޝްރޫޢަކަށްވާނީ، ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރުން. އިރާދަކުރެއްވިއްޔާ ވިލިމާލޭގެ މި ފެށޭ އަހަރުގެ ތެރޭގައި، ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ. އެއީ، 1200 މީހުންގެ ސީޓިންގ ސްޕެކްޓޭޓަރ، ސީޓިންގ ކެޕޭސިޓީ ހިމެނޭ، އިންޑޯރ ހުރިހާ ކުޅިވަރުތައް ކުޅެވޭގޮތަށް ޤާއިމުކުރެވޭ މަރުކަޒެއް.'' ރައީސް ވިދާޅުވެފަވެއެވެ.

މީގެއިތުރުން، ހުޅުމާލޭގައި މިހާރު ހުރި ފުޓްބޯޅަ ދަނޑު ފީފާ ސްޓޭންޑަޑަށް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ ތެރޭގައި ދަނޑުގެ ރޮސްޓްރަމް ފީފާ ސްޓޭންޑަޑަށް ފެންވަރު ރަނގަޅުކުރުމާއި، ލައިޓިންގެ ނިޒާމު ހަރުދަނާކުރުން ފަދަ ކަންކަން ހިމެނެއެވެ. މިއީ ކުޅިވަރުގެ ދާއިރާއިން ބަޖެޓުގައި ހިމަނާފައިވާ ގިނަ ކަންތައްތަކުގެ ތެރެއިން މުހިންމު ދެ މަޝްރޫޢުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވަނީ ކުޅިވަރުގެ އިތުރުންވެސް އެކި ދާއިރާތަކުން ގިނަ ތަރައްޤީގެ މަޝްރޫޢުތައް އަންނަ އަހަރު ކުރިއަށް ގެންދެވޭނެކަމަށް ވިދާޅުވެފައެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ކުދިކުދި މަސައްކަތްތައް ހިމެނުނަސް، އޭގެ އިމްޕެކްޓް ބޮޑެތި މަސައްކަތްތައް ހުންނާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލިމާލޭގައި އަޅާ 3 ކޮޓަރީގެ 300 ހައުސިންގ ޔުނިޓު ޚާއްޞަކުރާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށްޚަބަރު | 34 މިނިޓު ކުރިންވިލިމާލޭގައި ޑޮލަރު އޭޓީއެމެއް ބަހައްޓަނީޚަބަރު | ގަޑިއިރެއް ކުރިން''ވިލިމާލޭ ޓަރޝަރީ ހޮސްޕިޓަލާއި މަގުތައް ހެދުމަށް ފައިސާ ހަމަޖެހި ކުރިއަށް ދަނީ މަސައްކަތް ފެށުމުގެ މަރުހަލާތައް''ޚަބަރު | ގަޑިއިރެއް ކުރިންވިލިމާލޭގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް، ފުޓްބޯޅަ ދަނޑު ފީފާ ސްޓޭންޑަޑަށްޚަބަރު | 2 ގަޑިއިރު ކުރިން