logo
އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒު އިސްތިއުފާ ދެއްވައިފިBank of Maldives

Bank of Maldives

ޚަބަރު

ވިލިމާލޭގައި ޑޮލަރު އޭޓީއެމެއް ބަހައްޓަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
24 ނޮވެމްބަރު 2025 - 03:45
ވިލިމާލޭގައި ޑޮލަރު އޭޓީއެމެއް ބަހައްޓަނީ

މާލޭ ސިޓީގެ ވިލިމާލެގައި ޑޮލަރު އޭޓީއެމް ބަހައްޓައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާދީއްތަ ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި ޚިޔާލު ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން، އާދިއްތަ ދުވަހުގެ ރޭ ވިލިމާލޭގައި ދިރިއުޅުއްވާ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 70 ރަށެއްގައި ޔޫ.އެސް. ޑޮލަރު އޭ.ޓީ.އެމް. ބަހައްޓާނެކަމަށް އެމަނިކުފާނު މިދިޔަ ދުވަސްތަކުގައި އިޢުލާނު ކުރައްވާފައިވާ ކަމަށެވެ. އެގޮތުން، އަންނަ މާރިޗުމަހުގެ ނިޔަލަށް އެ އޭޓީއެމްތައް ބަހައްޓާއިރު، އޭގެ ތެރެއިން އެއް އޭޓީއެމް ވިލިމާލޭގައި ބަހައްޓާގޮތަށް އޮތީ ހަމަޖެހިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

އެފަދަ ގިނަ ކަންތައްތަކެއް ކުރިއަށް އެބަހުރި ކަމަށާއި، ރައްޔިތުންގެ ހިޔާލު ހޯދައި، އެކަންކަމަށް އިތުރު މައުލޫމާތު ދެއްވަމުން ގެންދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ވިލިމާލޭގެ ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދުތަކުގެ އިތުރަށްވެސް ގިނަ ކަންތައްތަކެއް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ވިލިމާލޭ ރައްޔިތުންނަށް މިހާ ދުވަހު ނުކުރެވި، އަދި ހާސިލުކޮށް ނުދެވި ހުރި ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވައި، އިތުރު ތަރައްޤީ ގެނެސްދެއްވުމަކީ އެމަނިކުފާނުގެ އަމާޒު ކަމަށެވެ.

ރައީސް މުޢިއްޒު ވަނީ މާލޭ ސިޓީގެ ހުރިހާ ރައްޔިތުންނަށް އެއްވަރަކަށް ތަރައްޤީ އަންނަންޖެހޭނެކަމަށް ވިދާޅުވެފައެވެ. ވިލިމާލެއަށް އިހުމާލުކޮށް، ނުވަތަ ތަފާތުކުރެވިފައި އޮންނަންޖެހޭނެ ކަމަކަށް އެމަނިކުފާނު ޤަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. މާލޭގެ މޭޔަރުކަން ކުރެއްވި އިރުގައިވެސް ކުރެވުނު މިންވަރަކުން މަސައްކަތްކުރެއްވި ކަމަށާއި، މިހާރު ސަރުކާރުގެ ތެރެއިން ކަންކަން މާ ފުރިހަމައަށް ވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ވިލިމާލޭގައި އަޅާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް އެޅުމަށް ހުރިހާ ކަމެއް ހަމަޖެހި، ފަންޑިންގގެ އެއްވެސް ހަމަޖެހިފައިވާކަމަށާއި، އެ އަވަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ބޭނުންވޭ ފައިސާ ވެސް ހަމަޖެހި އެ މަޝްރޫޢުތައް ފެށުމުގެ މަރުހަލާއަށް ވާންޖެހޭ ތައްޔާރީތައް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ.

ވިލިމާލޭގައި ހުރިހާ އިންޑޯ ކުޅިވަރެއް ކުޅެވޭ ގޮތަށް ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައި، ފުޓްބޯޅަ ދަނޑު ފީފާ ސްޓޭންޑަޑަށް ތަރައްގީކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލިމާލޭގައި އަޅާ 3 ކޮޓަރީގެ 300 ހައުސިންގ ޔުނިޓު ޚާއްޞަކުރާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށްޚަބަރު | ގަޑިއިރެއް ކުރިންވިލިމާލޭގައި ޑޮލަރު އޭޓީއެމެއް ބަހައްޓަނީޚަބަރު | 2 ގަޑިއިރު ކުރިން''ވިލިމާލޭ ޓަރޝަރީ ހޮސްޕިޓަލާއި މަގުތައް ހެދުމަށް ފައިސާ ހަމަޖެހި ކުރިއަށް ދަނީ މަސައްކަތް ފެށުމުގެ މަރުހަލާތައް''ޚަބަރު | 2 ގަޑިއިރު ކުރިންވިލިމާލޭގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް، ފުޓްބޯޅަ ދަނޑު ފީފާ ސްޓޭންޑަޑަށްޚަބަރު | 2 ގަޑިއިރު ކުރިން