ވިލިމާލޭގައި އަޅާ 3 ކޮޓަރީގެ 300 ހައުސިންގ ޔުނިޓު ޚާއްޞަކުރާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް
24 ނޮވެމްބަރު 2025 - 04:21

ވިލިމާލޭގައި ޤާއިމުކުރައްވާ 3 ކޮޓަރީގެ 300 ހައުސިންގ ޔުނިޓު ޚާއްޞަކުރައްވާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރޭގައި ހިމެނިގެން، މިރޭ، ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation
އެމަނިކުފާނު ވިދާޅުވީ، މި ހައުސިންގ ޔުނިޓުތަކަކީ މާލޭ ސަރަޙައްދުގައި ޤާއިމުކުރައްވާނޭކަމަށް އިޢުލާންކުރައްވާފައިވާ ހައުސިންގ ޔުނިޓުތަކުގެ ތެރެއިން 300 ހައުސިންގ ޔުނިޓުކަމަށާއި، މި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް މި އަހަރު ތެރޭ ފެށޭނޭކަމަށެވެ.
ރޭގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ވިލިމާލެއަކީ ވިލިމާލެއަށްވީތީ އިހުމާލުވެ، ތަފާތުކުރެވިފައި އޮންނަންޖެހޭކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށް ވިދާޅުވެ، މި ހުރިހާ ދުވަހު ވިލިމާލޭ ރައްޔިތުންނަށް ހާސިލުނުވެ ހުރި ކަންކަމާއި އިތުރު ކަންކަންވެސް ފުރިހަމަ ކުރެއްވުމުގެ އަޒުމުގައި ހުންނެވިކަން ހާމަކުރައްވާފައެވެ.
ލޭ ސަރަހައްދުގައި ޢަމަލީގޮތުން، މާގިނަ ދުވަހެއް ނުވެ، ޢަމަލީ މަސައްކަތް ފެށޭނެ ގާތްގަނޑަކަށް 7,000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްގެންދަވާނެކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.
ދިވެހިރާއްޖެއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމާއި، ކެރިފޯރުންތެރި އަދި ދެމެހެއްޓެނިވި ހައުސިންގ މާކެޓެއް އުފެއްދުމަކީ ސަރުކާރުގެ އަމާޒެކެވެ.


