logo
އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒު އިސްތިއުފާ ދެއްވައިފިBank of Maldives

Bank of Maldives

ޚަބަރު

ވިލިމާލޭ ޓަރޝަރީ ހޮސްޕިޓަލެއް އެޅުމަށާއި މަގުތައް ހެދުމަށް ފައިސާ ހަމަޖެހި ކުރިއަށް ދަނީ މަސައްކަތް ފެށުމުގެ މަރުހަލާތައް: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
24 ނޮވެމްބަރު 2025 - 03:43
''ވިލިމާލޭ ޓަރޝަރީ ހޮސްޕިޓަލާއި މަގުތައް ހެދުމަށް ފައިސާ ހަމަޖެހި ކުރިއަށް ދަނީ މަސައްކަތް ފެށުމުގެ މަރުހަލާތައް''

ވިލިމާލޭގައި އަޅާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލާއި މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާތައް މިހާރު ކުރިއަށްދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި ޚިޔާލު ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން، އާދީއްތަ ދުވަހުގެ ރޭ ވިލިމާލޭގައި ދިރިއުޅުއްވާ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވިލިމާލޭ ރައްޔިތުންނަށް ވީ ވަޢުދުތައް ފުރިހަމައަށް ހަނދުމަފުޅު ހުރިކަމަށެވެ. އަދި އޭގެތެރެއިން ބައެއް ކަންކަން ފުރިހަމަވެ، އަނެއް ބައި ކަންކަން ހިނގަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޮޑެތި މަޝްރޫޢުތައް ހިންގުމަށްޓަކައި، ފެށުމަށް ވާންޖެހޭ ވަރަށް ގިނަ ތައްޔާރީތައް ހުރުމާއެކީގައި، އެކަންކަން ކުރިއަށްދާ ކަމަށާއި، ޢަމަލީ މަސައްކަތް ފެށުމާ ހަމައަށް ދާދި އަވަހަށް ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ ހޮސްޕިޓަލް އެޅުމުގެ ވަޢުދު، އެމަނިކުފާނުގެ އެންމެ މުހިންމު އެއް ވަޢުދުގެ ގޮތުގައި ފާހަގަކުރައްވާފައެވެ. ޗައިނާގެ ހިލޭ އެހީގެ ދަށުން، 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް އެޅުމަށް ހުރިހާ ކަމެއް ހަމަޖެހި، ފަންޑިންގގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވިއެވެ. އެކަމުގެ ހުރިހާ މަރުޙަލާތަކެއް ރަނގަޅަށް ކުރިއަށްދާ ކަމަށާއި، މި މަޝްރޫޢާ ގުޅޭ ތަފްސީލީ މަޢުލޫމާތު މިނިސްޓަރ އޮފް ހެލްތު، ޑރ. އަބްދުﷲ ޚަލީލް އާންމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މާލޭ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ ތެރެއިން، ވިލިމާލޭގެ މަގުތައް ހެދުމަށް ވެސް ހަމަޖެހިފައިވާ ކަމަށާއި، އެއީވެސް ޗައިނާގެ ހިލޭ އެހީގެ ދަށުން ހަމަޖެހިފައި އޮތް ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަޝްރޫޢު ވެސް އޮންނަ މަރުހަލާތަކުގެ ތެރެއިން ކުރިއަށްދާ ކަމަށާއި، ޢަމަލީ މަސައްކަތާ ހަމައަށް ދިއުމަށް ކުރަންހުރި ކަންކަން ހިނގަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މި މައިގަނޑު ދެ މަޝްރޫޢުގެ ސަބަބުން ވިލިމާލޭގައި މިހާތަނަށް ދިމާވެފައި ހުރި، ނުވަތަ އެންމެ ގިނަ ރައްޔިތުން އެދެމުންދިޔަ މައިގަނޑު ދެ މައްސަލައަކަށް ހައްލު އަންނާނެ ކަމަށެވެ. މަގުހަދާއިރު ފެނާއި ނަރުދަމާގެ ފެންވަރު މަތިކުރުން (މިހާރު އޮތް ނިޒާމު އަޕްގްރޭޑްކުރުން) ވެސް އޭގެ ކުރިން ކުރިއަށް ގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހޮސްޕިޓަލް އެޅުމަށްޓަކައި މިހާރު ހުރި ހޮސްޕިޓަލް ވަގުތީގޮތުން އެހެން ލޮކޭޝަނަކަށް ބަދަލުކުރުމުގެ މަސައްކަތް އާދީއްތަ ދުވަހު މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. މިއީ މަޝްރޫޢުތައް ފެށުމުގެ ކުރިން ހިނގާނެ މިކަހަލަ ކަންކަން ހުރިކަން ހާމަވާ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލިމާލޭގައި އަޅާ 3 ކޮޓަރީގެ 300 ހައުސިންގ ޔުނިޓު ޚާއްޞަކުރާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށްޚަބަރު | 36 މިނިޓު ކުރިންވިލިމާލޭގައި ޑޮލަރު އޭޓީއެމެއް ބަހައްޓަނީޚަބަރު | ގަޑިއިރެއް ކުރިން''ވިލިމާލޭ ޓަރޝަރީ ހޮސްޕިޓަލާއި މަގުތައް ހެދުމަށް ފައިސާ ހަމަޖެހި ކުރިއަށް ދަނީ މަސައްކަތް ފެށުމުގެ މަރުހަލާތައް''ޚަބަރު | ގަޑިއިރެއް ކުރިންވިލިމާލޭގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް، ފުޓްބޯޅަ ދަނޑު ފީފާ ސްޓޭންޑަޑަށްޚަބަރު | 2 ގަޑިއިރު ކުރިން