logo
އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒު އިސްތިއުފާ ދެއްވައިފިBank of Maldives

Bank of Maldives

ޚަބަރު

މާދަމާ ރޭ ރައީސް މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރައްވަނީ

އައިޝަތު ނަޝާ
24 ނޮވެމްބަރު 2025 - 10:36
މާދަމާ ރޭ ރައީސް މައްޗަންގޮޅީ ރައްޔިތުންނާ  ބައްދަލުކުރައްވަނީ

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވާއިރު މާދަމާރޭ މާލޭގެ މައްޗަންގޮޅީ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރައްވަން ހަމަޖެހިއްޖެއެވެ.

ރައީސް މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވާފައިވަނީ މާދަމާ ރޭ 20:30ގައި އަމީނިއްޔާ ސްކޫލްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޖަލްސާއަށް ވަޑައިގެންދެއްވުމަށް ސަރުކާރުން ހިންގާ ޕީއެންސީން ވަނީމައްޗަންގޮޅިގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

މާލޭގެ އަވަށްތަކުގެ ތަރައްގީ ކުރިއަށްގެންދާނޭ ގޮތުގެ މަޝްވަރާ ކުރެެއްވުމަށް، މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކާއެކު ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާ ކަން ރައީސް ހާމަކުރެއްވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، "ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104" މިނަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގައުމީ ތަރައްގީގެ އަމާޒުގެ ދަށުން ހުރިހާ އަތޮޅުތަކަށް ވަޑައިގެން ކައުންސިލްތަކާއި، އ.ތ.މ. ކޮމިޓީ، އަދި އަތޮޅުތަކުގެ އިސް ހިންގުންތެރިންނާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި، މި ބައްދަލުވުންތަކަކީ ވަރަށްވެސް ކާމިޔާބު، ނަތީޖާ ފެނިގެންދިޔަ ބައްދަލުކުރެއްވުންތަކެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަތޮޅުތަކުގައި މި ބައްދަލުވުންތައް ކުރިއަށް ގެންދެވުނު ފަދައިން މާލޭ ސަރަހައްދުގައި މިފަދަ ބައްދަލުވުންތަކެއް ވަރަށް އަވަހަށް ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ކަމަށާއި މި ބައްދަލުވުންތަކުގައި މާލޭގެ ހަތަރު އަވަށާއި، ވިލިނގިލި، އަދި ހުޅުމާލޭގެ ދެ ފޭސްގައި ދިރިއުޅޭ ރައްޔިތުންނާއެކު މަޝްވަރާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާކަން ރައީސް އިއުލާނުކުރައްވާފައިވާއިރު، އެމަނިކުފާނު ވަނީ ރޭ ވިލިމާލެ ރައްޔިތުންނާ ބައްދަލުކުރައްވާ،އެ އަވަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަށް އަޑު އައްސަވާ އެ ކަންކަމަށް ހައްލެއް ގެނެސްދެއްވާނޭ ކަމަށް ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާދަމާ ރޭ ރައީސް މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރައްވަނީޚަބަރު | 3 ގަޑިއިރު ކުރިންރަސްމީ ދަތުރުފުޅެއްގައި ރައީސް އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީޚަބަރު | 6 ގަޑިއިރު ކުރިންވިލިމާލޭގައި އަޅާ 3 ކޮޓަރީގެ 300 ހައުސިންގ ޔުނިޓު ޚާއްޞަކުރާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށްޚަބަރު | 9 ގަޑިއިރު ކުރިންވިލިމާލޭގައި ޑޮލަރު އޭޓީއެމެއް ބަހައްޓަނީޚަބަރު | 10 ގަޑިއިރު ކުރިން