logo
Bank of Maldives

Bank of Maldives

ޚަބަރު

" ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން" ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފި

އައިޝަތު ނަޝާ
24 ނޮވެމްބަރު 2025 - 10:50
" ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން" ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފި

ސްޓެލްކޯއިން ހިންގި ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޯހުގެ ބައިވެރިންނާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާ މުޙައްމަދާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާހް ޝަރީފާއި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢައިޝަތު މުޒްނާއެވެ.މި ކޯހަކީ އާންމުކޮށް ހުޅުވާލައިގެން 16 އަހަރުން މަތީގެ ކޮންމެ ކަނބަލަކަށްވެސް ބައިވެރިވެވޭނެހެން އެ ކުންފުނިން ކުރިއަށްގެންދިޔަ ކޯހެކެވެ.ޖުމްލަ 7 ބެޗަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ކޯހުގައި ބައިވެރިވެ 116 ކަނބަލުން ވަނީ ކޯސް ފުރިހަމަކޮށްފައެވެ.

މި ކޯހުގެ މަޤުޞަދަކީ ކަރަންޓުގެ ދާއިރާއަށް ކަނބަލުންގެ ހިތް ޖައްސުވައި، އެ ދާއިރާއިން ކުރިއަށްދިއުމަށް ހިތްވަރުދީ، އެ ދާއިރާއިން ފިރިހެނުންނާއި އެއްހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ދާއިރާއަށް އަހުލުވެރިކޮށް، އެމަގަށް ހަރުދަނާ ބިންގަލެއް އަޅައިދިނުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ކޯހުގެ ބައިވެރިންނަށް އުނގަންނައިދެވުނު ބައިތަކުގެ ތެރޭގައި ހިމެނެނީ:

ގޭބީސީ ކަރަންޓު ވަޔަރުކުރުމުގެ އަސާސީ މަޢުލޫމާތާއި އަމަލީ ގޮތުން އެކަން ކުރާނެ ގޮތް

ވަޔަރު ކުރުމަށް ބޭނުންވާ ޖެހޭ ސާމާނު

އެކި ބޭނުންތަކަށް ކަމުދާނެ ސޮކެޓް އަދި ނަރުގެ ސައިޒު ފަދަ މަޢުލޫމާތު

ގޭބިސީގައި އެންމެ އާންމުކޮށް ބޭނުންކުރާ ކަރަންޓު އާލާތްތައް ކަމުގައިވާ ބޮކި، ފަންކާ، ސްވިޗް، ޑީ ބޯޑް ފަދަ ތަކެތި ހަރުކުރުން

ޑީ ބޯޑަށް ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތް

ގޭބީސީތަކުގައި ބޭނުންކުރާ ކަރަންޓު ސާމާނު ރައްކާތެރިގޮތުގައި ބޭނުންކުރާނެ ގޮތް

ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވިދާނެ ގޮތްތައް

undefined

 

 

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ ،ފަށާ ފެންވަރުގެ މަޢުލޫމާތާއި މަސައްކަތާއި ހުނަރަށް ޚާއްސަކޮށްގެން މި ކޯސް ފަރުމާކުރެވިފައި އޮތުމަކީ މި ދެންނެވި ފަދަ ބޮޑު ބަދަލަކަށް އުއްމީދު ކުރެވޭ، ތަޞައްވަރު ކުރެވޭ ކަމެއްކަމަށެވެ.އަދި މި ކޯސް ޚާއްސަކުރެވިފައި މިވަނީ އަންހެނުންނަށް ކަމަށާއި، ކޯހުގެ މައިގަނޑު މަޤުޞަދެއް ކަމަށް ކަނޑައެޅިފައިމިވަނީ، ގޭތެރޭގައި ޙައްލުކުރަންޖެހޭ ކަރަންޓުގެ މައްސަލަތައް ގޭތެރޭން ޙައްލުކުރެވޭނެ މަގު ފަހިކުރުން ކަމަށް ވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯޚަބަރު | 14 ދުވަސް ކުރިންއެއްބައިވަންތަކަމުގެ ދުވަހު، ފަސްޓް ލޭޑީގެ އިޚްލާޞްތެރި ދުޢާއެއްޚަބަރު | 15 ދުވަސް ކުރިންކަރަންޓު ކެނޑުނު ހުޅުމާލޭގެ ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފިޚަބަރު | 17 ދުވަސް ކުރިންސްޓެލްކޯގެ ޚިދުމަތްތަކާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ފޯމެއް!ޚަބަރު | 21 ދުވަސް ކުރިން