logo
Bank of Maldives

Bank of Maldives

ޚަބަރު

އެއްބައިވަންތަކަމުގެ ދުވަހު، ފަސްޓް ލޭޑީގެ އިޚްލާޞްތެރި ދުޢާއެއް

އިސްމާޢިލް ރާތިޢު
26 ޑިސެމްބަރު 2025 - 05:26
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު

ދިވެހިރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ އިޚްލާޞްތެރި ދުޢާއަކުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ފޮނުއްވައިފިއެވެ.

ދުވަހުގެ މުނާސަބަތުގައި މީސްމީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ވަނީ، ދިވެހިންނަކީ އުޚުއްވަތްތެރި، އޯގާތެރި، އެކަކު އަނެކަކަށް ވާގިވެރި، ހިތްވަރުގަދަ ބައެއްގެ ގޮތުގައި އަބަދުމެ ލެހެއްޓެވުން އެދިވަޑައިގެން، ﷲ ތަޢާލާގެ ޙަޟްރަތުގައި ދުޢާދަންނަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އެއަށްފަހު، ދިވެހި މި ޤައުމުގައި، އިލާހީ ޙިމާޔަތާއި މަދަދާއި އޯގާވަންތަކަން ރެއާއި ދުވާލު ދެމެހެއްޓެވުން އެދިވަޑައިގެން ދުޢާ ދަންނަވާފައި ވެއެވެ.

 

ދިވެހިރާއްޖޭގައި އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރަނީ، 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ހިތާމަވެރި ކާރިޘާގެ ހަނދާނުގައެވެ. އެދުވަހު ދިވެހީން ދައްކާފައިވަނީ އެއްބައިވަންތަކަމާއި އެކަކު އަނެކަކަށް އަޅާލުމާއި އޯގާތެރިކަމުގެ ވަރުގަދަ ނަމޫނާއެކެވެ.

އެކި ރަށްރަށުން އެތައް ދިވެހީންނެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކު ވީނުވީއެއް ނޭނގި ގެއްލި، ގެދޮރާއި މުޅި ރަށް ސުންނާފަތިކޮށްލި އެކާރިސާއިން އަރައިގަތުމަށް ދިވެހީން ދެއްކީ އެކަކު އަނެކަކަށް އޯގާތެރިވުމާއި އާދަޔާ ޚިލާފު ހިތްވަރެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝާމިލު މުޖުތަމައެއް ބިނާކުރެވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުން: މެޑަމް ސާޖިދާޚަބަރު | 4 ގަޑިއިރު ކުރިންމީދޫ ވޮލީބޯޅަ ކޯޓް، ފަސްޓްލޭޑީ ސާޖިދާ ހުޅުއްވައިދެއްވައިފި ޚަބަރު | މަހެއް ކުރިންކުޑަހުވަދޫ އަންހެނުންގެ ކޮމިޓީން ތަރައްޤީކުރި ޖިމް މެޑަމް ސާޖިދާ ހުޅުވާދެއްވައިފިޚަބަރު | މަހެއް ކުރިން ޤައުމަށް ތަރައްގީ ގެނެވޭނީ ސަރުކާރާ އެކު މަސައްކަތް ކުރާނެ ކައުންސިލެއް ހޮވިގެން: ފަސްޓް ލޭޑީޚަބަރު | މަހެއް ކުރިން